އެމެރިކާ ލީގުގެ އެޕްރީލް މަހުގެ މޮޅު ކުޅުންތެރިޔާގެ މަގާމު އިންޓަ މިއާމީގެ ކެޕްޓަން ލިއޮނެލް މެސީ ހޯދައިފިއެވެ.
2023 ގައި ޕީއެސްޖީ އިން ހިލޭ ޓްރާންސްފާގެ ދަށުން އިންޓަ މިއާމީއަށް ބަދަލުވި އާޖެންޓީނާ ފޯވަޑް ލިއޮނެލް މެސީ ވަނީ މިދިއަ އޭޕްރީލް މަހު ލީގުގައި މިއާމީ އިން ކުޅުނު ހުރިހާ މެޗެއްގައި ވެސް އެޓީމު މޮޅުވުމުގައި މުހިންމު ދައުރެއް އަދާކޮށްދީފައެވެ.
އޭޕްރިލް މަހު ލީގުގައި އިންޓަ މިއާމީ އިން ހަތަރު މެޗު ކުޅެފައިވާއިރު، އޭގެތެރެއިން ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ. އެޓީމު ބަލިވީ ކޮންކާކަފް ޗެމްޕިއަންސް ކަޕްގައި މެކްސިކޯގެ މޮންޓެރޭއާއި ދެކޮޅަށް ކުޅުނު މެޗެވެ. ދެން ކުޅުނު ތިންމެޗުގެ ތެރެއިން އެއްމެޗުން އެއްވަރުވި އިރު، އަނެއް ދެމެޗުން ވަނީ މޮޅުވެފައެވެ.
މިދިޔަ އޭޕްރީލް މަހުގައި އިންޓަ މިއާމީން ކުޅުނު ހަތަު މެޗުގައި 12 ގޯލު ޖަހައފައި ވާއިރު، އޭގެތެރެއިން ހަ ގޯލު މެސީ ވަނީ ކާމިޔާބު ކޮށްފައެވެ. އަދި އެ މަހުގައި އެޓީމުން ލަނޑު ޖެހުމަށް 10 ފުރުސަތު ތަނަވަސް ކުރިއިރު، އޭގެތެރެއިން މެސީ ވަނީ ހަތަރު ފުރުސަތު ތަނަވަސް ކޮށްދީފައެވެ.
އެމެރިކާ ލީގުގައި ކޮންމެ ޓީމަކުން ވެސް މިހާތަނަށް 10 މެޗު ކުޅެފައިވާއިރު، އިންޓަ މިއާމީން ވަނީ 11 މެޗު ކުޅެފައެވެ. އެޓީމު އޮތީ ކުޅުނު 11 މެޗުން ލިބުނު 21 ޕޮއިންޓާއި އެކު ލީގުގެ އެއްވަނާގައެވެ.









