Search Streamline Icon: https://streamlinehq.com

ކުލި ކޮންޓްރޯލް ނުކުރެވޭނެ. އެކަން ކޮށްފިއްޔާ ބޮޑެތި ލޯނުތަކާ އެއްޗެހި ނަގައިގެން އިމާރާތްކޮށްފައި ހުންނަ ބަޔަކަށް ލިބޭނީ ބޮޑުގެއްލުމެއް: ހައުސިން މިނިސްޓަރު

9ce97ed7 c454 4da7 956f d70ceb2c851c

ވެރިކަން ކުރާ ރަށް މާލޭގެ ކުލި ކޮންޓްރޯލް ނުކުރެވޭނޭ ކަމަށާއި ކުލި ކޮންޓްރޯލް ކޮށްފިނަމަ ބޮޑެތި ލޯނުތައް ނަގައިގެން އިމާރާތްތަކާއި ތަންތަން ހަދާ ފަރާތްތްކަށް ލިބޭ ގެއްލުން ވަރަށް ބޮޑުވާނޭ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ރޭ ވިދާޅުވެއްޖެއެވެ.

ވީޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ހައިދަރު ވިދާޅުވީ، ކުލި ކޮންޓްރޯލްކުރުން މާކެޓަށް ދޫކޮށްލަން ޖެހެނީ އެ ކޮންޓްރޯލްކޮށްފި ނަމަ އޭގެ ސަބަބުން ބައެއް މައްސަލަތައް ދިމާވެދާނެތީ ކަމަށެވެ. އެގޮތުން އެކަން ކޮށްފި ނަމަ ބޮޑެތި ލޯނުތައް ނަގައިގެން އިމާރާތްތަކާއި ތަންތަން ހަދާ ފަރާތްތްކަށް ލިބޭ ގެއްލުން ވަރަށް ބޮޑުވާނޭ ކަމަށެވެ.

މާލެ ސަރަހައްދުގައި ކުއްޔަށް ދޭ ތަންތަނުގެ ކުލި ކޮންޓްރޯލްކުރުން އެއީ އެންމެ ކަމުދާ ގޮތް ނޫން ކަމަށާއި، އެއީ ހައުސިން މާކެޓަށް ދޫކޮށްލަންޖެހޭ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

”އެހެން ނޫނިއްޔާ އެވާ ގޮތަކީ ކުލި ކޮންޓްރޯލްކުރަން ފަށައިފިއްޔާ ބޮޑެތި ލޯނުތަކާ އެއްޗެހި ނަގައިގެން އިމާރާތްކޮށްފައި ހުންނަ ބަޔަކަށް ލިބޭ ގެއްލުންތަކެއް ވެސް އުޅޭނެ،“ ހައިދަރު ވިދާޅުވިއެވެ.

”އެއީ ހުޅުވާލެވިފައިވާ މާކެޓެއް އޮންނަ ގައުމެއްގައި ކުރަން ކަމުދާ ކަމެއް ކަމުގައި އިކޮނޮމިސްޓުން ވެސް ގަބޫލެއްނުކުރޭ. އެހެންވީމަ އަޅުގަނޑަކަށް ހިޔެއްނުވޭ ކުލި ކޮންޓްރޯލްކުރުމަކީ އަޅުގަނޑުމެން ކުރަން ކަމުދާ ކަމެއްހެނެއް،“

މާލެ ސަރަހައްދުގައި ދިރިއުޅެން ކުއްޔަށް ދޫކުރާ ތަންތަނުގެ ކުލި ކޮންޓްރޯލްކުރުމަކީ އަބަދު ވެސް އާންމު ރައްޔިތުން އެދިއެދިތިބި، އެމީހުންގެ ކަންބޮޑުވުން އިންތިހާއަށް އޮތްކަމެކެވެ.

މީގެ ކުރިން 800އަށް ވުރެ ގިނަ މީހުންގެ ސޮޔާ އެކު މާލޭ ޓެނަންޓްސް ޔޫނިއަނުން ކުލި ކޮންޓްރޯލު ކުރުމަށް ގޮވާލައި، ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ވެސް ހުށަހެޅިއެވެ. ނަމަވެސް މަޖިލީހުން ވަނީ އެ ޕެޓިޝަން ބޭރުކޮށްލައިފައެވެ.

މުޅި ރާއްޖެއަށް ވެސް ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ބޯހިޔާވަހިކަމުގެ މައްސަލަ މުޅިން ހައްލުކޮށްދެއްވާނެކަމުގެ ވައުދުފުޅާ އެކުގައެވެ. އެ މަނިކުފާނު ވަނީ މި ފަސް އަހަރު ނިމޭއިރު، ބޯހިޔާވަހިކަން ބޭނުންވެ، އެ ކަން ފުރިހަމަނުވާ އެއްވެސް ދިވެހި ރައްޔިތަކު ނުހުންނާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *