Search Streamline Icon: https://streamlinehq.com

ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެ

Moosum fenvaruonline

މާލެ އަތޮޅު ރިޒޯޓެއްގައި ސްނޯކްލިންއަށް ފޭބި ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ މިހާދިސާގައި މަރުވެފައިވަނީ ރަޝިޔާއަށް ނިސްބަތްވާ އުމުރުން 67 އަހަރުގެ ފިރިހެނެއް ކަމުގަ އެވެ.

ފުލުހުންގެ ވިދާޅުވީ މާލެއަތޮޅު ރިޒޯޓެއްގައި ސްނޯކްލިއަންއަށް ފޭބި ފަތުރުވެރިއަކު ގެނބިގެން މިއަދު 11:30 އެހާކަށްހާއިރު އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަ ކަމުގެ ރިޕޯޓް ލިބިފައިވާ ކަމުގަ އެވެ. އަދި އެފަތުރުވެރިޔާ އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް އޭޑީކޭ ހޮސްޕިޓަލުން މަޢުލޫމާތު ދީފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވި އެވެ.

މި ދުވަސްވަރަކީ ރާއްޖެއަށް ވަރަށް ވައިބާރު މޫސުލމް ގޯސް ދުވަސްވަރަށް ވެފައި ކަނޑުތައްވެސް ގަދަ ދުވަސް ވަރަކަށް ވުމާއި ގުޅިގެން ކަނޑު ދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށާއި، އުދައެރުމާއި ކަނޑުތައް އާއދަޔާ ޚިލާފަށް ގަދަވުމުގެ ސަބަބުން ރައްކައުތެރި ފިޔަވަޅުތައް އެޅުމަށާއި، މޫދަށް އެރުން ފަދަ ކަންކަން ނުކުރުމަށް ފުލުހުން އަންނަނީ އިލްތިމާސް ކުރަަައްވަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *