މާލެއިން ހުޅުމާލެއަށް އަރާ ހައިވޭގައި ހުންނަ ވިލާ ޕެޓްރޯލް ޝެޑް ސަރަހައްދުގައި މިރޭ އިތުރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އަނިޔާވެ ފަރުވާދޭން ފަށާއިފި އެވެ.
ފުލުހުން ވިދާޅުވީ ހުޅުމާލޭޣައި މިރޭ ހިނގި މި އެކްސިޑެންޓު ހިނގަން މެދުވެފައިވަނީ ދެ ސައިކަލެއް ޖެހިގެން ކަމުގަ އެވެ.
ފުލުހުން ވިދާޅުވީ މި އެކްސިޑެންޓުގައި އަންހެނަކަށާއި ފިރެހެނަކަށް އަނިޔާވެފައިވާ ކަމުގަ އެވެ.
ނުރައްކާތެރި އެކްސިޑެންޓުތައް މި ދެތިން ދުވަހެއްގެ ތެރޭ މާލޭ ސަރަހައްދުގައި އާދަޔާ ޚިލާފަށް ގިނައިންވަނީ ހިނގައިފައެވެ
މި އެކްސިޑެންޓްގައި އަނިޔާވެގެން އަންހެނަކާއި ފިރެހެނަކު ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ.
މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގުކުރައްވަމުންނެވެ.









