Search Streamline Icon: https://streamlinehq.com

މިކަން ފެށުމުން، ފަތުރުވެރިކަމުން ރާއްޖެއަށްކުރާ މަންފާ ވަރަށްބޮޑަށް އިތުރުވެގެންދާނެ: މިނިސްޓަ ފައިސަލް

Minister Ibrahim Faisal

ދިވެހިރާއްޖެ އާއި ޗައިނާއާ  ދެޤާއުމުގެ ދެމެދުގައި ދެޤައުމުގެ ފައިސާއިން މުޢާމަލާތުކުރަން ފެށުމުން، ޗައިނާއިން ދިވެހިރާއްޖެއަށް އަންނަ ފަތުރުވެރިންގެ ޢަދަދު ދުވަހެއް ދުހަހަކަށް އިތުރުވެގެންދާނެކަމުގައި ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެއެވެ.

ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނަ ފަޠުރުވެރިން އަންނަސް އެއް ޤަމުމެއްކައުގައިވާއިރު، މިނިސްޓަރ ފައިސަލް ވިދާޅުވީ ރާއްޖެއާ ޗައިނާއާ ދެމެދު ދެޤަޢުމުގެ ފައިސާއިން މުޢާމަލާތް ކުރަން ފެށުމުން ފަތުރުވެރިކަމުން ރާއްޖެއަށް ކުރާ މަންފާ ވަރަށް ބޮޑަށް އިތުރުވެގެންދާނެކަމުގައެވެ.

ޔޫއެސް ޑޮލަރަށް ބަރޯށަ ނުވެ ދިވެހި ފައިސާގެ އަގުއުފުލިގެންދާނެ މި އެއްސްވުމުގެ ދަށުން މުޢާމަލާތު ކުރުމަށް ރާއްޖެއާއި ޗައިނާގެ ޕީޕަލްސް ބޭންކް އޮފް ޗައިނާ، ޕީބީއޯސީއާއި ދެމެދު އެއްބަސްވެފައިވަނީ ކަރަންޓް އެކައުންޓް މުޢާމަލާތްތައް ދެ ޤައުމުގެ ފައިސާއިން، ކުރެވޭނެގޮތަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަހަރުގެ ޖަނަވަރީ މަހު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ސަބަބުން ދިވެހިރާއްޖެއާ ޗައިނާއާ ދެމެދު އޮތް ގުޅުން އިތުރަށްވަނީ ބަދަހިވެގެންގޮސްފައެވެ. އަދި އެ ދަތުރުފުޅުގައި ޗައިނާގެ ރައީސް ޝީޖިންޕިންގއާއެކު ބޭއްވި މަޝްވަރާތަކުގައި ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އިސްތިރާޖީ އެއްބާރުލުމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް ދެޤައުމުގެ މެދުގައި އިޤްތިޞާދީ އެއްބާރުލުން އިތުރަށް ފުޅާކުރުމަށްވަނީ އެއްބަސްވެވަޑައިގެންފައެވެ.

މިނިސްޓަރ އިބްރާހީމް ފައިސަލް ސޯޝަލް މީޑީއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމުގެ އިތުރުން ޗައިނާއަކީ ފަތުރުވެރިކަމާ ގުޅުންހުރި ވަރަށް ގިނަ ވިޔަފާރީގެ މުޢާމަލާތްތައް ދިވެހިރާއްޖެއިން ކުރާ ޤައުމެއްކަމުގައެވެ. އަދި ޗައިނާއަކީ ވިޔަފާރިތަކަށް ބޭނުންވާ ވަރަށް ގިނަ މުދަލުގެ މުއާމަލާތްތައް ކުރާ ޤައުމެއްކަމަށްވެސް މިނިސްޓަރ ފައިސަލް ވިދާޅުވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމާ ގުޅޭ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުގައި މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 1.4 މިލިއަނަށް އަރާފައެވެ. އަދި މިއަހަރު މިހާތަނަށް އެންމެ ގިނައިން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ ޗައިނާއިން ކަންވެސް ފާހަގަކުރެވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *