Search Streamline Icon: https://streamlinehq.com

މަތީ ޘާނަވީއަށް ކިޔަވާ ދަރިވަރުންގެ އަދަދު މިދިޔަ އަހަރަށް ވުރެ 77 އިންސައްތަ އިތުރުވެއްޖެ.

Medium

 ރާއްޖޭގައި އޭލެވެލް އަށް ކިޔަވާ ދަރިވަރުންގެ އަދަދު މިދިޔަ އަހަރާ އަޅާ ބަލާ އިރު 77 އިންސައްތަ އިތުރުވެއްޖެއެވެ.

ތަޢުލީމީ ޖީލެއް ބިނާކުރުމަށް މި ސަރުކާރުން ވަރަށްބޮޑު އިސްކަމެއްދީގެން މަސައްކަތް ކުރަމުންދެއެވެ. މި ގޮތުން ރާއްޖޭގައި އޭލެވެލް ނިންމާ ޔުނިވާސިޓީތަކަށް ވަންނަ މިންވަރު އިތުރުކުރުމަކީ މި ސަރުކާރުގެ އަމާޒެކެވެ.

އެގޮތުން ކުރެވުނު މަސައްކަތުގެ ދަށުން ދިވެހިރާއްޖޭގެ 23 ސްކޫލެއްގައި މިހާރު ވަނީ 3 މާއްދާއިން ނުވަތަ 2 މާއްދާއިން ފާސްވި ދަރިވަރުންނާވެސް އެކުގައި، ގިނަ ދަރިވަރުންނަށް މަތީ ޘާނަވީ ކިޔެވުމުގެ ފުރުޞަތު ފަހިކޮށްދީފައެވެ. މިގޮތަށް ހުޅުވާލި ފުރުޞަތާއެކު، މިއަހަރު ސަރުކާރު ސްކޫލުތަކުގައި އަލަށް 2000އަށް ވުރެ ގިނަ ދަރިވަރުން އޭލެވެލްއަށް ކިޔަވަމުން އެބަދެއެވެ. މިއީ މިދިޔަ އަހަރާ އަޅާ ބަލާއިރު 77 އިންސައްތަ އިތުރު އަދަދެކެވެ.

އަލަށް ކިޔަވައިދޭންފެށި 23 ސްކޫލާއެކު، މަތީ ޘާނަވީއަށް ކިޔަވައިދޭ 45 ސަރުކާރު ސްކޫލް މިހާރު ރާއްޖޭގެ އެކި ހިސާބުތަކުގައި ވަނީ ގާއިމުކުރެވިފައިވެއެވެ.

މީގެ ކުރިން އެޑިޔުކޭޝަން މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު ވިދާލުވެފައިވަނީ  ކޮންމެ އަހަރަކުވެސް އެތަށް ހާސް ދަރިވަރުން ތަޢުލީމު ހާސިލުކުރާއިރު، މަތީ ފެންވަރުގެ ޔުނިވަރސިޓީތަކަށް ވަދެވޭ މިންވަރަށް 2500 އެއްހާ ދަރިވަރުން ވެސް ފާސްނުކުރެވޭ ކަމަށެވެ. އެހެންކަމުން މިކަން ބަދަލުކޮށް، ވީހާވެސް ގިނަ ދަރިވަރުންނަށް މަތީ ތަޢުލީމުގެ ފުރުސަތު ފަހިކޮށް، އޭލެވެލް ނިންމާ ދަރިވަރުންގެ އަދަދު އިތުރުކުރުމަކީ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭނެ އެއްކަންކަމުގައި ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *