Search Streamline Icon: https://streamlinehq.com

ދަރުމަވެރިޔަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެއްޖެ

231732 3 8c3ca2f7f222c69b032e247d11778b8ca665afd7 medium

ދަރުމަވެރިޔަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ތަޙްޤީގުކުރަން ފަށައިފިއެވެ.

ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު، އެޗްއީއޯސީގައި މަސައްކަތްކުރި އަންހެން ދަރުމަވެރިޔަކު ގައިގައި އަތްލާ، ޖިންސީ ގޯނާކުރި މައްސަލައެއް ސޯޝަލް މީޑިއާގައި ވަނީ ފެންމަތިވެފައެވެ.

މިމައްސލައާއި ގުޅިގެން ފުލުހުން ވިދާޅުވީ މިމައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ ރޭ 20:39 ހިސާބުގައި ކަމަށާއި، މިމައްސަލަ އިތުރަށް ތަޙްޤީގު ކުރަމުން ގެންދަވާ ކަމުގައެވެ.

ހެލްތު މިނިސްޓްރީގެ އިސް މަޤާމެއްގައި ހުންނެވި ބޭފުޅަކު އެޗްއީއޯސީގައި ދަރުމަވެރިއެއްގެ ގޮތުގައި މަސައްކަތްކުރަމުންދިޔަ އެމްއޭސީއެލްގެ އަންހެން މުވައްޒަފަކަށް ޖިންސީގޯނާކުރި ކަމުގެ މައްސަލައާއި ގުޅިގެން ހެލްތު މިނިސްޓްރީން ވިދާޅުވީ މިނިސްޓްރީގެ ކޮމެޓީއަކުން މިމައްސަލަ މިހާރު ބަލަމުންދާ ކަމުގަ އެވެ. އަދި ކުށްވެރިވާ ފަރާތާއިމެދު އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅާނެކަމަށްވެސް ވިދާޅުވެފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *