ށނަރުދޫގައި ދެފާރު ދޭތެރޭގައި ތާށިވި ކުޑަކުއްޖާ ސަލާމަތްކޮށްފިއެވެ.
އުމުރުން 4 އަހަރުގެ ކުޑަކުއްޖަކު އޭނަ ދިރިއުޅޭ ގެޔާއި، ގެ ވަށައިގެން ރާނާފައިވާ ފާރުގެ ދެމެދަށް އިންނަ ހަނި ދޭތެރެޔަށް ވަދެ ތާށިވުމުން އެކުއްޖާ ސަލާމަތް ކުރަން ޖެހުނީ ފާރު ތަޅާލާފައެވެ.
ނަރުދޫ ކައުންސިލުން މައުލޫމާތުދިން ގޮތުގައި އެކުއްޖާ ކުޅެން އުޅުމުގެ ތެރޭގައި ދެފާރުގެ ދޭތެރެޔަށް ވަނުމުން ތާށިވީ ކަމަށާއި އެހެންނަމަވެސް މިހާރު އެކުއްޖާ ސަލާމަތް ކޮށްފި ކަމަށެވެ. އަދި އެކުއްޖާއަށް އެއްވެސް ގެއްލުމެއް ލިބފައި ނުވާ ކަމަށް އެރަށު ކައުންސިލުން މައުލޫމާތުދިނެވެ.
ރާޖޭގެ ވަރަށް ގިނަ ރަށްތަކުގައި މިގޮތަށް ގެޔާ ގޭގެ ވަށާ ފާރު ރާނާފައި ހުންނައިރު ހަނިދޭތެރެ ވަރަށް ގިނައިން ހުރެއެވެ. އެހެންކަމުން ކުޑަކުދިންނަށް މިފަދަ ކަމެއް މެދުވެރިވެދާނެތީ ބެލެނެވެރިން ވީހާވެސް ބޮޑަށް ސމާލުވުމަށް ނަރުދޫ ކައުންސިލުގެ ރައީސް ވަނީ އިލްތިމާސްކޮށްފައެވެ.









