މިހާރު ލަންކާއަށް ކުރަމުންގެންދާ ވިއްސާރައިގައި ފެން ބޮޑުވުމާއި، ބިންގަޑު ކަޑައިގެން ގޮސް ގިނަ ބަޔަކު މަރުވެ، ބޮޑެތި ގެންލުންތަކެއް ލިބެމުންދާތީ، ރާއްޖެއިން ލަންކާއަށް50،000 ޑޮލަރާއި،25،000 މަސްދަޅު އެހީގެ ގޮތުގައި ދޭން ނިންމައިފިއެވެ.
ލަންކާއަށް ކުރަމުންދާ ވިއްސާރަ ތޫފާނަކަށް ބަދަލުވެ، ބޮޑެތި ގެއްލުންތަކެއް ލިބެމުންދާއިރު، މިހާތަނަށް60ށް ވުރެ ގިނަ މީހުންވަނީ މަރުވެފައެވެ. އަދި 219،000އަށްވުރެ ގިނަ މީހުންނަށް ތޫފާންގެ އަސަރު ކޮށްފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.
ރާއްޖޭގެ ޚާރިޖީ ވުޒާރާގެ ބަޔާނުގައި ވިދާޅުވެފައިވަނީ މި އެހީތެރިކަން ރަމްޒުކޮށްދެނީ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް އެކުވެރި ގުޅުމާއި މިފަދަ އުނދަގޫ ދަނޑިވަޅެއްގައި އެ ޤައުމުގެ ރައްޔިތުންނާއެކު ދިވެހި ރައްޔިތުން ތިބިކަންކަމަށެވެ. އަދި ރާއްޖެއިން އުއްމީދުކުރަނީ މި އެހީގެ ސަބަބުން ޙާލުގައި ޖެހިފައިވާ ސްރީލަންކާ ރައްޔިތުންނަށް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ލިބި، ސްރީލަންކާ ސަރުކާރުން ކުރަމުންދާ މަސައްކަތައް ކޮންމެވެސް ވަރެއްގެ ލުއިކަމެއް ލިބޭނެކަމަށްކަން ބަޔާނުގައި ވެއެވެ. އަދި މިފަދަ ކަންކަމުން ދައްކުވައިދެނީ ދެ ޤައުމުގެ ދެމެދުގައި އާއި ރައްޔިތުންގެ މެދުގައި ހިއްސާކުރާ ގާތް އެކުވެރި ގުޅުންކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވިއެވެ.
މި ވިއްސާރައިގައި ލަންކާއަށް ރެކޯޑު އަދަދަކަށް ވާރޭވެހިފައި ވާއިރު، ފާއިތުވި2 އަހަރު ދުވަހުގެ ތެރޭގައި އެކަނިވެސް300 މިލިލީޓަރުގެ ވާރޭ ވެހިފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި ކުރިޔަށްވެސް މޫސުމް ގޯސްވަމުންދާނެކަމަށް ލަފާކުރެވޭތީ އެޤައުމުގެ ސްކޫލްތަުގެ ކިޔެވުންވެސްވަނީ މެދުކަނަޑާލާފައެވެ.









