Search Streamline Icon: https://streamlinehq.com

ފެނަށް ދިމާވި މައްސަލައަކާއި ގުޅިގެން ނޮވެމްބަރ މަހުގެ ފެންބިލު މަޢާފް ކޮށްދީފި

Water Glass

ފުވައްމުލަކު ސިޓީއަށް ދެމުންދިޔަ ފެނުގެ ޚިދުމަތަށް ދިމާވެފައިވާ މައްސަލަތަކާ ގުޅިގެން މިދިޔަ ނޮވެމްބަރ މަހުގެ ފެން ބިލު ދައްކަން ނުޖެހޭ ގޮތަށް ފެނަކަ ކޯޕަރޭޝަނުން ހަމަޖައްސަވައިފިއެވެ.

ފެނަކައިން އާއްމުކުރި ނޫށްބަޔާނެއްގައި ބުނެފައިވަނީ ނިމުނު ނޮވެންބަރު މަހު ފުވައްމުލަށް ސިޓީއަށް ފެންފޯރުކޮށްދިނުމުގައި ދިމާވި ދަތިތަކާއި ގުޅިގެން، އެސިޓީގެ އެއްވެސް ގޭބީސީއަކަށް މިދިޔަ މަހުގެ ފެނަށް ބިލް ނުފޮނުވާގޮތަށް ހަމަޖެހިފައިވާކަމުގައެވެ.

އެ ބަޔާނުގައި ބުނެފައިވަނީ ފުވައްމުލަށް ސިޓީއަށް ދިމާވެފައިވާ ފެނުގެ މައްސަލަ ހައްލުުކުރުމަށާއި ރަނގަޅު ފެންވަރެއްގައި ފެނުގެ ހިދުމަތް އަލުން ދިނުމަށްޓަކައި ކުރަންޖެހޭ ހުރިހައިކަމެއް ކުރަމުންދާ ކަމުގައެވެ.

އަދި މިފަދަ ދަތި ހައްސާސީ ވަގުތުގައިވެސް ފުވައްމުލަކުގެ ލޮބުވެތި ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމާއި އެހީތެރިކަމަށް ޝުކުރު އަދާކުރާކަމުގައިވެސް ފެނަކައިގެ ބަޔާނުގައި ބުނެފައިވެއެވެ.

އެބަޔާނެއްގައި ބުނެފައިވަނީ ފުވައްމުލަކަށް ދިމާވެފައިވާ ފެނުގެ މައްސަލަ ހައްލުކޮށް، ރަނގަޅު ފެންވަރެއްގައި އެ ހިދުމަތް އަލުން ދިނުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ހުއްޓުމެއް ނެތި ކުރަމުން އަންނަ ކަމުގައެވެ.

ފުވައްމުލަކު ސިޓީގެ ފެނުގެ ނެޓްވޯކުގެ މަސައްކަތްތައް މިދިޔަ މަހު ކުރަމުން ދިޔައިރު، ފެން ކެނޑުމާއި ފެނުގެ ޕްރެޝަރު ދަށްވުން ކަހަލަ ކަންކަން ވަނީ ދިމާވެފައެވެ. ނަމަވެސް ފެނަކަ އިން އެ މައްސަލަތައް ހައްލު ކުރުމަށްޓަކައި ފެނުގެ ނިޒާމު އަޕްގްރޭޑް ކުރުމުގެ މަސައްކަތް އަދިވެސް ގެންދަނީ ކުރަމުންނެވެ.

ފުވައްމުލަކު ސިޓީ ކައުންސިލުން ކުރިން ބުނެފައިވާ ގޮތުގައި، ފެނުގެ މައްސަލައަށް ހައްލު ހޯދަން ސަރުކާރުގެ ކަމާގުޅޭ އިދާރާތަކަށް ތަފާތު އެކިފަހަރު މަތިން ވަނީ ހުށަހެޅުއްވާފައެވެ. ނަމަވެސް އެ މައްސަލަތަކަށް ހައްލެއް ނުލިބި، މިދިޔަ ނޮވެމްބަރ މަހުގެ މެދަކާއި ހަމައިން ފެށިގެން ފެނުގެ ޚިދުމަތް މެދުކެނޑެން ފެށުމާއި ފެން ތަޣައްޔަރުވެފައިވާ ކަމުގެ ޝަކުވާ އިތުރުވުމުގެ ސަބަބުން ފުވައްމުލަކު ސިޓީ ކައުންސިލުން ކަމާގުޅުން ހުރި އިދާރާތަކަށް ހުށަހަޅައިގެން ވަނީ ފެން ޓެސްޓްކޮށްފައެވެ.

ފެން ތަޣައްޔަރުވެފައިވާކަން އެނގި ފެނުގެ ޚިދުމަތް މެދުކަނޑާލަން ޖެހުނީ ސިޓީ ކައުންސިލުން ހެދި އެ ޓެސްޓުތަކުން އެކަން ކަށަވަރުވުމުމާއި ގުޅިގެންނެވެ.

Leave a Reply

Your email address will not be published. Required fields are marked *