Search Streamline Icon: https://streamlinehq.com

އަލިފާނުގެ ހާދިސާގައި ބިދޭސީ މީހަކު ފިހިއްޖެ

Sdd

މިއަދު މާލޭ ދެކުނު ފަރާތު ފަޅުގައި އޮތް ލޯންޗެއްގައި ރޯވެ ބިދޭސީ މީހަކު ފިހިއްޖެއެވެ.

މިހާދިސާގައި އަނިޔާ ލިބުނު ބިދޭސީމީހާއަށް އައި.ޖީ.އެމް.އެޗް ގައި މިހާރުދަނީ ފަރުވާ ދެމުންނެވެ. މަންޒަރު ދުށް މީހަކު ބުނީ އެހާދިސާ ހިގާ ދިޔައިރު ބިދޭސީ މީހާ ހުރީ ލޯންޗުގެ ތެރޭގައި ކަމުން އޭނަގެ މޫނުމަތިވެސް ފިހިފައިވާ ކަމަށެވެ.

މިއަދު ހެނދުނު 6:08 އެހާއިރު ހިގާދިޔަ އަލިފާނުގެ ހާދިސާގައި އަލިފާން ރޯވެފައިވަނީ ”ހުދު ހުދު“ ނަމަކަށް ކިޔާ ލޯންޗެކެވެ. އެލޯންޗު މިހާރުވަނީ ބޭނުން ނުކުރެވޭ ވަރަށް އަދާފައެވެ.

“ހުދުހުދު” ލޯންޗުގެ ވެރިޔާ މައުލޫމާތު ދިން ގޮތުގައި މިލޯންޗަކީ މީގެ ކުރިން އަތޮޅުތެރޭ ދުއްވަމުން އައި ލޯންޗެއް ކަމަށާއި ލޯންޗު މަރާމާތުކޮށް މާލެ އަތޮޅުގައި ދުއްވަން ގެނައިތާ އަދި އަހަރެއް ވެސް ނުވާނެ ކަމުގައެވެ.

 “ގާތްގަނޑަކަށް 7 ލައްކަ ރުފިޔާގެ ގެއްލުން މިއީ، އިންސިއުރެންސް ވެސް ކޮށްފައެއް ނޫން އޮތީ” އޭނާ ބުންޏެވެ.

Leave a Reply

Your email address will not be published. Required fields are marked *