Search Streamline Icon: https://streamlinehq.com

ދިވެހިންނަކީ އަބަދުވެސް އެކުވެރިކަމާއި އެއްބައިވަންތަކަމުގައި ލާމަސީލު ބައެއް: ކުރީގެ ނައިބުރައީސް ފައިސަލް ނަސީމް

Vice President Faisal Naseem

ދިވެހިންނަކީ އަބަދު ވެސް އެކުވެރިކަމާއި އެއްބައިވަންތަކަމުގައި ލާމަސީލު ބައެއްކަމުގައި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް

ވިދާޅުވެއްޖެއެވެ.

ކުރީގެ ނައިބުރައީސް ފައިސަލް ނަސީލް މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި މީސްމީޑިއާގައި ހިއްސާކުރެއްވި އެކްސް ޕޯސްޓެއްގައެވެ. އެމަނިކުފާނު ވިދާޅުވީ ދުނިޔޭގެ އެކިކަންކޮޅުތަކަށް ދަތުރުކުރެެއްވި ސައްޔާޙުން އެބޭފުޅުންގެ ދަތުރުނާމާތަކުގައި މީގެ އެތައް ޤަރުނެއް ކުރިންވެސް ދިވެހިންގެ އެކުވެރިކަމާއި އެއްބައިވަންތަކަން ފާހަގަކުރައްވާފައިވާކަމުގައެވެ.

ދިވެހިރާއްޖެ ދުށް އެންމެ ބޮޑު ޤުދުރަތީ ކާރިސާކަމުގައިވާ 2004 ވަނަ އަހަރުގެ ސުނާމީގެ ހިތާމަވެރި ހާލަތުގައިވެސް ދިވެހިން ދައްކައިދިނީ އެ އެއްބައިވަންތަކަންކަމަށާއި، މިއަދު އަޅުގަނޑުމެން އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރާއިރު ޢަޒުމް އައު ކުރަންވީ މި އެއްބައިވަންތަކަން ދެމެހެއްޓުމަށްކަމަށްވެސް ފައިސަލް ނަސީމް ވިދާޅުވިއެވެ.

ކުރީގެ ނައިބުރައީސް ފައިސަލް ނަސީމް ވިދާޅުވީ ޚިޔާލާއި ފިކުރު ތަފާތުވި ނަމަވެސް، އަޅުގަނޑުމެންނަކީ އަބަދުވެސް އެއްބައެއް ކަމުގައި ހަނދާން ބަހައްޓަން ޖެހޭކަމުގައެވެ.

2004 ވަނަ އަހަރުގެ ޑިސެންބަރު މަހު ކުރިމަތިވި ސުނާމީ ކާރިސާއަށް މިއަދު 21 އަހަރު ފުރިގެން ދާއިރު، މި ހިތާމަވެރި ކާރިސާގައި ރާއްޖޭގައި މީހުން ދިރިއުޅޭ 9 ރަށެއް ފިޔަވައި އެހެން ހުރިހާ ރަށަކަށް މި ސުނާމީގެ އަސަރު ކޮށްފައިވެއެވެ. އަދި މި ހިތާމަވެރި ކާރިސާގައި، 82 ދިވެހިން ނިޔާވެ، 26 ދިވެހިން ވީނުވީއެއް ނޭނގި ގެއްލިފައިވާއިރު، 15000 މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ. އެދުވަހު ހާލުގައިޖެހުނު ފަރާތްތަކަށް އެހީވުމުގެ ގޮތުން ދިވެހިން ދައްކުވައިދިން ހިތްވަރާއި އޯގާތެރިކަމާއި އެއްބައިވަންތަކަން ފާހަގަ ކުރުމުގެ ގޮތުން ކޮންމެ އަހަރެއްގެ ޑިސެންބަރުމަހުގެ 26 ވަނަ ދުވަހަކީ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *