އައްޑޫ ސިޓީ ވިލިނގިލީގައި ހިންގަމުން އައި ޝަންގްރިއްލާ ވިލިނގިލި ރިސޯޓު ފަސް އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން ހުޅުވައި، އެ ރިސޯޓަށް އައި ފުރަތަމަ ފަތުރުވެރިޔާއަށް މިއަދު ވަނީ މަރުހަބާ ކިޔާފައެވެ.
ކޮވިޑް-19 އާ ގުޅިގެން 2020 ވަނަ އަހަރު ބަންދުކުރި މި ރިސޯޓު އެއްކޮށް ހުއްޓާލުމުން 500 އަށްވުރެ ގިނަ މުވައްޒަފުންނަށް ވަޒީފާ ގެއްލިފައިވެއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެއްގެ ގޮތުގައި މި ރިސޯޓު އަލުން ހުޅުވުމަށް ސަރުކާރުން ވަނީ މެނޭޖްމަންޓާއެކު ގިނަ މަޝްވަރާތައް ކޮށް، ހުރި ގޮންޖެހުންތައް ނައްތާލުމަށް ބޮޑެތި މަސައްކަތްތަކެއް ކޮށްފައެވެ. މިގޮތުން، މި ރިސޯޓު ހުޅުވުމަށް ސަރުކާރުން ކުންފުނީގެ މެނޭޖްމަންޓާއެކުގައި ގިނަ މަޝްވަރާތަކެއް ކުރިއިރު، ގޮންޖެހުންތައް ނައްތާލުމަށް ގިނަ މަސައްކަތްތަކެއް ކުރިއެވެ. މިގޮތުން ޓޫރިޒަމް މިނިސްޓްރީން ރިސޯޓަށް ޒިޔާރަތްކޮށް ކުރަން ޖެހޭ މަރާމާތުތައް ދެނެގަނެ، ގަވައިދުގެ ތެރެއިން ބޭނުންވާ ހުއްދަތައް ދިނުމުގައި ސަރުކާރުން އެއްބާރުލުން ދީފައިވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވިއެވެ.
ނޮވެންބަރު މަހުން ފެށިގެން މުވައްޒަފުން ނެގުމުގެ މަސައްކަތް ކުރިއަށް ދިޔައިރު، ރައީސް މުޢިއްޒު ވަނީ މަސައްކަތްތައް ބައްލަވާލެއްވުމަށް ރިސޯޓަށް ޒިޔާރަތް ކުރައްވާފައެވެ. ޝަންގްރިއްލާ ރިސޯޓު އަލުން ހުޅުވުމަކީ އައްޑޫ ސިޓީގެ އިގްތިސާދަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެކެވެ. މީގެ ސަބަބުން އައްޑޫގެ ގިނަ ރައްޔިތުންނަށް ވަޒީފާގެ އާ ފުރުސަތުތައް ހުޅުވި، ސަރަހައްދުގެ ފަތުރުވެރިކަމަށް އާ ދިރުމެއް ލިބިގެންދާނެއެވެ.
މިފަދަ ބޮޑު މަޝްރޫއެއް އަލުން ހުޅުވުމަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް، ހާއްސަކޮށް ދެކުނުގެ ފަތުރުވެރިކަމަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ތޯރިގް ވިދާޅުވިއެވެ. ޝަންގްރިއްލާ ރިސޯޓު އަލުން ހުޅުވުމުން، އައްޑޫ ސިޓީގައި ވަޒީފާގެ ފުރުސަތުތައް އިތުރުވެ، އެ ސިޓީގެ ފަތުރުވެރިކަން އިތުރަށް ކުރިއަރާނެކަން ފަތުރުވެރިކަމާއި ބެހޭ ވަޒީރު މީގެކުރިންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.









