Search Streamline Icon: https://streamlinehq.com

ޢިލްމު އުނގެނުމަކީ ވަކިބަޔަކަށް ލިބިގެންވާ އިމްތިޔާޒެއް ނޫން: މެޑަމް ސާޖިދާ މުޙައްމަދު

Madam Sajidha2

ޢިލްމު އުނގެނުމަކީ ވަކިބަޔަކަށް ލިބިގެންވާ އިމްތިޔާޒެއް ނޫންކަމަށާއި، އެއީ ކޮންމެ މީހަކަށްމެ ލިބިގެންވާ ޙައްޤެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ބްރެއިލް ދުވަހާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ހިއްސާކުރެއްވި މެސެޖުގައި ފެނުމުން މަހުރޫމްވެފައިވާ މީހުންގެ ހިތްވަރާއި ކެތްތެރިކަން ފާހަގަކުރައްވައި، އެފަރާތްތަކުގެ ދިރިއުޅުމުގައި ބްރެއިލް ނިޒާމު އަދާކުރާ މުހިންމު ދައުރު ވަނީ ފާހަގަކުރައްވާފައެވެ.

ޢިލްމު އުނގެނުމަކީ ވަކި ބަޔަކަށް ލިބިގެންވާ އިމްތިޔާޒެއް ނޫންކަމަށާއި، އެއީ ކޮންމެ މީހަކަށްމެ ލިބިގެންވާ ޙައްޤެއްކަން ފާހަގަކުރައްވައި އެންމެން ޝާމިލްވާ މުޖުތަމަޢެއް ބިނާކުރުމަށްޓަކައި، އެކަކު އަނެކަކަށް އަޅާލުމާއި ހަމްދަރުދީވުމުގެ މުހިންމުކަންވެސް އެކަމަނާގެ މެސެޖްގައި ވަނީ ފާހަގަކުރައްވާފައެވެ.

މީގެއިތުރުން، މުޖުތަމަޢުގެ އެންމެހައި ފަރުދުންގެ މެދުގައި އޯގާތެރިކަމާއި އަޅާލުން އިސްކުރުމަށް ގޮވާލައްވައި، ކޮންމެ ފަރުދަކީވެސް މުޖުތަމަޢުގައި އަގުވަޒަންކުރެވޭ، އެހީތެރިކަން ލިބޭ، އަދި ފަރުދަކީވެސް ބާރުވެރި ފަރުދެއްކަމުގެ އިޙްސާސް ކޮށްދެއްވުމަށް ކުރެވޭ މަސައްކަތްތައް އިތުރުކުރެއްވުމަށް އެކަމަނާ ބާރުއަޅުއްވާފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *