Search Streamline Icon: https://streamlinehq.com

ކުރީ ސަރުކާރުން މަސައްކަތް ކުރުވާފައި ފައިސާ ނުދިނުމުގެ ސަބަބުން ކުންފުނިތައް ތިބީ ތާށިވެފަ

Saeedh

ކުރީ ސަރުކާރުން ބޮޑެތި މަޝްރޫއުތައް ކުދި ކުދި ކުންފުނިތަކާއި ހަވާލުކޮށްފައިވާއިރު، މަސައްކަތް ކުރުވާފައި ފައިސާ ނުދިނުމުގެ ސަބަބުން އެތައްސަތޭކަ ކުންފުންޏެއް ތިބީ ތާށިވެ، ގޮތް ހުސްވެފައިކަމަށް އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ތަރުޖަމާނާއިއެކު އެޕިސޯޑު2 ގައި ވާހަކަފުޅު ދައްކަވަމުން ސައީދު ވިދާޅުވީ، މިސަރުކާރުން އައިއިރު، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ތިބީ ތާށިވެ، ގޮތް ހުސްވެފައިކަމަށެވެ. އެކަން އެގޮތަށް ދިމާވެފައިވަނީ އެމްޑީޕީ ވެރިކަމުގައި ކުންފުނިތައް ލައްވާ މަސައްކަތް ކުރުވާފައި ފައިސާ ނުދިނުމުގެ ސަބަބުންކަމަށެވެ.

ކުދި ކުދި ކޮންޓްރެކްޓަރުންނަށް ބޮޑެތި މަސައްކަތްތައް ހަވާލުކޮށް، އެމީހުންލައްވާ، ސްކޫލެއްގެ ފާރު ރާނުވާފައި، ބިލައް ފައިސާ ހޯދުމަށް ދާއިރު، އެއަކަށް ފައިސާއެއް ނުދެ. ބޮޑެތި މަޝްރޫޢުތައް ނަމުގައި ކަންކަން ފައްޓާ، ފައިސާއެއް ނުދެ.މިހެން ގޮސް އެތައް ސަތޭކަ ކުންފުންޏެއް ހުރީ ތާށިވެފަ. އަދި އެ ކުންފުނިތަކާއި ގުޅިގެން މަސައްކަތް ކުރި ސަބް ކުންފުނިތައްވެސް ތިބީ މި ހާލަތުގަ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއީއްޒު ވެރިކަމަށް ވަޑައިނަވައި، ފަހަރަކު ކަމެއް އިސްލާހު ކުރައްވަމުން ހައްލު ކުރައްވަމުން އަންނަކަން ފާހަގަކުރައްވާ މިނިސްޓަރ ސައީދު ވިދާޅުވީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށަް ދިމާވެފައިވާ މިފަދަ މަސައްލަތައް ސަރުކާރުން ހައްލު ހޯއްދަވައިދެއްވަމުން އަންނަ ކަމަށެވެ. މިގޮތުން މިހާރު މަސްވެރިންނަށް ވެސް ފައިސާ ގަވައިދުން ދެވޭކަން ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ސައީދުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ 2026 ވަނަ އަހަރާއި 2027 ވަނަ އަހަރަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަ ލުއިތަކެއް ލިބޭނެ ދެ އަހަރު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާކަމަށާއި، އަދި ވިޔަފާރިވެރިންނާއި ބައްދަކުރައްވާ، އެބޭފުޅުންގެ ކަންބޮޑުވުންތައް ހައްލު ކުރުމުގެ ގޮތުން، މިހާރު ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކާ މަޝްވަރާކުރެވި، އައްޑޫ ސިޓީއާއި ކުޅުދުއްފުށި ސިޓީގެ އިތުރުން މާލޭ ސަރަހައްދުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށް ގުދަންތަކެއް ގާއިމުކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *