ތެލުގެ އަގަށް އަންނަ ބަދަލުތަކުގެ އަސަރުތައް އާންމު ރައްޔިތުންނަށް ވީހާވެސް ކުޑަކުރުމަށްޓަކައި ސަރުކާރުން ތެލުގެ ވިޔަފާރީގައި އުޅޭ އަމިއްލަ ފަރާތްތަކުގެ ބައިވެރިވުމާއެކު، ރާއްޖޭގެ އިގުތިޞާދު އެންމެ ރަނގަޅުގޮތެއްގައި ބެލެހެއްޓޭނެ ގޮތަށް މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި، މި ހަނގުރާމައާއި ގުޅިގެން ރާއްޖެއަށް ކުރާ އަސަރުތައް ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ކަމަށާއި އަދި ކޮންމެ ހަފުތާއެއްގެ އާދިއްތަ ދުވަހަކު މިކަމާގުޅޭ ވަޒީރުންގެ ޚާއްޞަ ކޮމިޓީން ބައްދަލުކުރައްވައި މަޢުލޫމާތު ދެއްވަމުން ގެންދަވާނެ ކަމުގައި ވިދާޅުވިއެވެ.

ދުރު ރާސްތާއަށް ވިސްނަވައި، ދިވެހިރާއްޖޭގައި ނެޝަނަލް އޮއިލް ރިޒަރވެއް ގާއިމުކުރުމަށްޓަކައި ކުރެވޭނެ ކަންތައްތަކުގެ ދިރާސާ ކުރުމުގެ މަސައްކަތްތައް ފެށިފައިވާ ކަމަށާއި އޭގެ ވިސްނުމަކީ ރާއްޖޭގެ ތިން ސަރަހައްދެއްގައި، ތިން ފިޔަވައްސަކަށް ބަހާލައިގެން، ދޮޅު އަހަރު ނުވަތަ ދެ އަހަރުން ފިޔަވައްސެއް ނިންމޭގޮތަށް، ތެލުގެ ރިޒަރވެއް ގާއިމުކުރުމުގެ މަސައްކަތް ކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، ތެލުގެ މި ރިޒަރވް ގާއިމުކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި މިއީ ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުފަދަ ފަންޑެއް ކަމަށާއި އެހެންނަމަވެސް އެއީ ތެލުގެ ރިޒަރވެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.