ސ.ހިތަދޫގައި ބިދޭސީއަކު ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެފައިވާއިރު އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކުރެވިފައެއް ނެތެވެ.
އުމުރުން 8 އަހަރުގެ ކުޑަކުއްޖަކަށް އިއްޔެގެ ވަގުތެއްގައި ބިދޭސީއަކު ޖިންސީ ގޯނާ ކުރިކަމުގެ މައްސަލައެއް މިވަނީ ފެންމަތިވެފައެވެ. އެއީ ބަންގްލަދޭޝްއަށް ނިސްބަތްވާ މީހެކެވެ.
ފުލުހުން މީޑިޔާއަށް މައުލޫމާތު ދިން ގޮތުގައި ދެކުނުގެ(ޏ އަދި ސ އަތޮޅު)ހިމެނޭ ސަރަހައްދުގެ ރަށެށްގެ އުމުރުން އަށް އަހަރުގެ އަންހެންކުއްޖަކަށް ޖިންސީ ގޯނާކުރިމަށް ތުހުމަތުކުރެވޭ މައްސަލައެއް މިމަހު 24 ވަނަދުވަހުގެ ރޭ ހުށަހަޅިފައިވާ ކަމަށެވެ. އަދި މިމައްސަލައިގައި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި މިމައްސަލަ އިތުރަށް ތަހުޤީގު ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މައުލޫމާތު ލިބުނުގޮތުގައި ބިދޭސީ މީހާ އެކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވަނީ އެކުއްޖާ ދިރިއުޅޭ ގެޔަށް ވަދެއެވެ.









