މިއަހަރު މިހާތަނަށް ބައި މިލިއަނެއްހާ ފަތުރުވެރިން ރާއްޖެ އައިސްފައިވާކަމަށް ޓޫރިޒަމް މިނިސްޓަރ ވިދާޅުވެއްޖެއެވެ.
މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި މިއަހަރު ފެށިގެން މިހާތަނަށް އައިއިރު 555494 ފަތުރުވެރިންވަނީ ރާއްޖެއަށް ޒިޔާރަތް ކޮށްފައިވާކަމަށެވެ.
މިއަހަރަށް ބައިމިލިއަން ޓޫރިސްޓުން ރާއްޖެ އައުމާގުޅިގެން، ލާމަސީލު ދިވެހިރައްޔިތުންނަށް، އިންޑަސްޓްރީޕާޓުނަރުންނަށް، ހާއްސަކޮން އިންޑަސްޓުރީ މުވައްޒަފުންނަށް އަދި ހެލްތުޓީމުތަކާއި ވޮލެންޓިއަރުނަްނަށް މަރުހަބާ އަދި އައްސަރިބަހާ ސާބަސް. ފަަތުރުވެރީންނަށް ޝުކުރާއި ސާބަސް.
— Abdulla Mausoom (@Mausoom_Maus) June 26, 2021
ޓުއަރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވަނީ މިއީ ޓޫރިޒަމް ދާއިރާއަށް ލިބުނު ކާމިޔާބީއެއް ކަމަށާއި ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ އެންމެހާ ފަރާތްތަކަށް ހިތްވަރުދެއްވާފައިވެއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާލާއިރު މިއަހަރުގެ ފުރަތަމަ ހަތަރު މަހުގައި 90،000 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. އެހެންނަމަވެސް ކޮވިޑް-19 ގެ ސަބަބުން ބައެއް ޤައުމުތަކުގެ ބޯޑަރތައް ބަންދުކުރުމާއި ގުޅިގެން ފާއިތުވި ދެމަސްދުވަހު ފަތުރުވެރިންގެ އަދަދު މިވަނީ ދަށްވެފައެވެ.
މިއަހަރު ސަރުކާރުގެ އަމާޒު ހުރީ މިލިއަނަކަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ ގެނައުމެވެ. މިއަމާޒު ހާސިލްކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތައް ކުރަމުންނެވެ.









