Search Streamline Icon: https://streamlinehq.com

މިސްކިތްތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރަން ނިންމައިފި

9dnewpdq large

މާލޭގެ ހުރިހާ  މިސްކިތްތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރަން ނިންމާފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.

މާލެ ސިޓީ ކައުންސިލްގެ މޭޔަރ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ ރަނގަޅު ސީސީޓީވީގެ ނިޒާމަކުން މާލެ ސަރަހައްދު ގުޅާލަން މާލޭ ސިޓީ ކައުންސިލުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ފުރަތަމަ މާލޭގެ ހުރިހާ މިސްކިތެއްގައި ސީސީޓީވީ ކެމެރާ ހަރުކުރުމަށް ނިންމާފައިވާ ކަމަށާއި މިގޮތަށް މިކަންތައް ކުރަން ނިންމީ މިސްކިތްތަކުގައި މިސްކިތުގެ ކަރާމާތް ގެއްލޭފަދަ ގޮތަކަށް އެތަންތަނުގައި ވިޔާނުދާ އަމަލު ހިންގަމުންދާތީ އެކަން ހުއްޓުވުގެ ގޮތުން ކަމަށެވެ.

މާލޭގެ މިސްކިތްތަކުގައި ނިދާ ކައިބޮއި ހަދާ އެއްޗެހިވެސް ދޮވެ މިސްކިތުގެ ތެރޭގައި މަސްތުވާ ތަކެތި ބޭނުންކުރާ މައްސަލަތައް ދާދި ފަހުން ވަނީ ފެންމަތިވެފައެވެ. މިކަންތައްތައް ހުއްޓުވުމުގެ ގޮތުން މިސްކިތްތަކުގައި ސީސީޓިވީ ކެމެރާ ސިސްޓަމްތައް ހަރުކުރުމަށް މާލެ ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *