Search Streamline Icon: https://streamlinehq.com

އިޒްރޭލަށް ތާއިދުކުރި ޓީޗަރަކު ޅައިމަގުން ބޭރުކޮށްލައިފި

Lhaimagu

އިޒްރޭލަށް ތާއީދުކޮށް މީސް މީޑިއާގައި ޚިޔާލު ފާޅުކުރި ށ.ޅައިމަގު ސްކޫލްގައި މަސައްކަތްކުރާ އިންޑިއާ ޓީޗަރަކާއިމެދު ޅައިމަގު ރައްޔިތުން ނުރުހުން ފާޅުކުރުމުން އޭނާ އެރަށުން ބޭރުކޮށްލައިފިއެވެ.

މި ކަމާއި ގުޅިގެން ޅައިމަގުން ބޭރުކޮށްލާފައިވަނީ އެ ސްކޫލްގައި ކެމިސްޓްރީ ކިޔަވައިދެމުން ގެންދާ އިންޑިއާއަށް ނިސްބަތްވާ ފިރެހެން ޓީޗަރެކެވެ.

ޅައިމަގު ކައުންސިލްގެ ރައީސް އާދަމް އަޒްމީރު ވިދާޅުވީ، އެ ޓީޗަރު އިޒްރޭލަށް ތާއީދުކޮށް ފޭސްބުކްގައި ކުރި ޕޯސްޓާ ގުޅިގެން އޭނާ ހުރީ އިއްޔެ ސަސްޕެންޑު ކޮށްފައި ކަމުގަ އެވެ.

ޅައިމަގު ކައުންސިލްގެ ރައީީސް އާދަމް އަޒުމީރު ވިދާޅުވެފައިވަނީ، ރޭ ދަންވަރު 2:30 ހާއިރު އެ ޓީޗަރު އެ ރަށުން ބޭރުކޮށްފައިވާ ކަމަށާއި އޭނާ ވަނީ އެއަތޮޅު ފޮނަދޫ އަށް ފޮނުވާލާފައި ކަމުގަ އެވެ.

ފުނަދޫ ކައުންސިލްގެ ރައީސް އަޙްމަދު އިބްރާޙީމްފުޅު ވިދާޅުވީ، ރޭ ޅައިމަގުން އެރަށަށް ގެންދިޔަ އިންޑިއާ ޓީޗަރު ހުރީ ފުލުހުންގެ ބެލުމުގައި ދަށުގައި ކަމުގަ އެވެ. އެ ހާދިސާއާއި ގުޅިގެން ފުލުހުން ވިދާޅުވީ، އެ ޓީޗަރު ޅައިމަގުން ރޭ ބޭލީ އެރަށުގެ ރައްޔިތުން ނުރުހުން ފާޅުކޮށް އެކަމަށް ގޮވާލަމުންދާތީ އެ ޓީޗަރުގެ ރައްކާތެރި ކަމަށް ކަމުގައިވެސް އޭނާ ވިދާޅުވި އެވެ.

އިސްރާއީލަށް ތާއީދުކޮށް މީސް މީޑިއާގައި ހިޔާލު ފާޅުކުރުމުން، ހދ. ހަނިމާދޫ ސްކޫލްގެ އިންޑިއާ ޓީޗަރަކު ވެސް ވަނީ ވަޒީފާއިން ވަކިކޮށް ޤައުމަށް ފޮނުވާލައިފައެވެ.

އެ ޓީޗަރަކީ ހަނިމާދޫ ސްކޫލްގެ ސެޝަން އިންޗާޖް، އަދި އެސްއެމްޓީ މެންބަރެއްގެ ގޮތުގައި ހުރި ހަނިމާދޫ ސްކޫލްގައި މަސައްކަތް ކުރާތާ 9 ވަނަ އަހަރު ގުނަމުންދާ ޓީޗަރެކެވެ. އިޒްރާއީލަށް ތާއީދުކޮށްގެން ހުރިކަން ދޭހަވާގޮތަށް ފޭސްބުކް ޕްރޮފައިލް ބަދަލުކުރީ ހަނިމާދޫ ސްކޫލަށް 52 އަހަރު ފުރުނު މުނާސަބާގައި، ސްކޫލްގެ ސްޓޭންޑް ހާމަކޮށް، ތަފާތު ޙަރަކާތްތަކެއް ހިންގިތާ 24 ގަޑިއިރުވެސް ނުވަނީސް އިއްޔެ ރޭ 11:30 ހާއިރުއެވެ.

އޭނާ ގައުމަށް ފޮނުވާލަން އެޑިޔުކޭޝަން މިނިސްޓްރީއިން ނިންމުމުން އޭނާ ހަނިމާދޫން ފުރުވާލީ ރޭ 18:50 ހާއިރު ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން ފުރި މޯލްޑިވިއަންގެ ފްލައިޓުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *