Search Streamline Icon: https://streamlinehq.com

ޔޫރޯގެ ފައިނަލް މެޗުގެ ރެފްރިއަކަށް ކުއިޕާސް ހަމަޖައްސައިފި

Denmark v Belgium UEFA Euro 2020: Group B

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ މިރޭ ބައްދަލުކުރާ ފައިނަލް މެޗުގެ ރެފްރީއަކަށް ނެދަލޭންޑްގެ ބުޔޯން ކުއިޕާސް ހަމަޖައްސައިފިއެވެ.

ޔޫރޯގެ މުބާރާތުގެ ފައިނަލް މެޗުގައި މިރޭ ބައްދަލުކުރާނީ އިންގްލޭންޑާއި އިޓަލީއެވެ. މިމެޗުގެ ރެފްރީއަކަށް ހޮވުނީ ބުޔޯން ކުއިޕާސްއެވެ. ނެދާލޭންޑުގެ ރެފްރީއަކު މީގެ ކުރިން ޔޫރޯގެ ފައިނަލެއްގައި ރެފްރީކަންކޮށްފައެއް ނުވާނެއެވެ. އެހެންކަމުން މިކަން ވެގެންދާނީ ނެދަލޭންޑްގެ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމަކަށެވެ.

48 އަހަރުގެ ކުއިޕާސްއަކީ ފާއިތުވެދިޔަ ދެވޯލްޑްކަޕްގައިވެސް ރެފްރީކަން ކޮށްފައިވާ މޮޅު ރެފްރީއެކެވެ. މީގެ ކުރިން 2 ޔޫރޮޕާ ލީގު ފައިނަލާއި 1 ޗެމްޕިއަންސް ލީގު ފައިނަލުގައިވެސް އޭނާ ވަނީ ރެފްރީއަކަށް ހޮވިފައެވެ. އަދި ހަމައެހެންމެ މި އަހަރުގެ ޔޫރޯގައި ކުއިޕާސްވަނީ 3 މެޗުގައި ރެފްރީކަން ކޮށްފައެވެ. އެއީ ގްރޫޕް ސްޓޭޖުގެ 2 މެޗުގެ އިތުރުން ކުއާރޓަރ ފައިނަލް މެޗެކެވެ. މިރޭގެ މެޗް ވެގެންދާނީ ކުއިޕާސްގެ އެންމެ ފަހު އިންޓަރނޭޝަނަލް މެޗަށެވެ.

ކުއިޕާސްއާ އެކު މި މެޗުގައި ރެފްރީކަން ކުރާނީ ހަމަ އެ ޤައުމުގެ ދެ ރެފްރީން ކަމަށްވާ ސޭންޑަރ ވެން ރޮއެކެލްއާއި އެރްވިން ޒެއިންސްޓްރާއެވެ.

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި