ހެންވޭރު ރާޅުގަނޑުގައި ކުރިއަށް ދިޔަ ގައުމީ ބަނޑުފިލާ ޗެލެންޖްގެ ޗެމްޕިއަންކަން ހޯދައި އަންނަ އަހަރުގެ ގައުމީ ބޮޑީބޯޑިން ޓީމުން އަޝްރަފް ޖާގަ ހޯދާފައިވާރު އެ މުބާރާތުގެ ޖުނިއަ ޗެމްޕިއަނަކަށް އިޔާން އަޙްމަދު ހޮވިއްޖެއެވެ.
މުބާރާތުގެ ސެމީ ފައިނަލްގައި ދެ ފަހަރުގެ ސީޒަން ޗެމްޕިއަން އާމިން އުމަރު މޫސާގެ މައްޗަށް ފަސޭހަކަމާއެކު ކުރި ހޯދުމަށްފަހު، ފައިނަލުގައި ކުޑަ އައްޔަ ބަލިކޮށް އަޝްރަފް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.
ގައުމީ ބަންޑުފިލާ ޗެލެންޖް 2025 ގެ ޖޫނިއާ މެންސް ޗެމްޕިއަންކަން ކާމިޔާބުކުރި އިޔާން އަޙްމަދު ވަނީ މުޅި ޖޫނިއާ ލީގުގެ ތަށި ވެސް އުފުލާލާފައެވެ. މި މުބާރާތަށް އައިއިރު، މިދިޔަ އަހަރުގެ ޖޫނިއާ ޗެމްޕިއަން މުޙައްމަދު އާޒާން އަޙްމަދާއެކު އިޔާން ހުރީ ލީގު ތާވަލުގެ ޕޮއިންޓުގެ ގޮތުން ހަމަހަމައަށެވެ. ފައިނަލްގައި ށ. ކަނޑިތީމުގެ އަބްދުލް އަޙަދު ބަލިކޮށް އިޔާން ވަނީ ޗެމްޕިއަންކަން ކަށަވަރުކޮށްފައެވެ. ނަމަވެސް، އޯޕަން ޑިވިޝަންގައި އިޔާންގެ ކެޓީ ކުއާޓަރ ފައިނަލުން، އާމިން އުމަރު މޫސާ އަތުން ކުޑަ ތަފާތަކުންނެވެ.
މި މުބާރާތުގެ މާސްޓާސް އަދި ޑްރޮޕް-ނީ ޑިވިޝަންތަކުގެ ސެމީ ފައިނަލް އަދި ފައިނަލް ހީޓްތައް ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ހޮނިހިރު ދުވަހުއެވެ.









