Search Streamline Icon: https://streamlinehq.com

”ރާއްޖެ ސުޕާ ލީގު“ ވޮލީ މުބާރާތް މިއަދު

Raajje super league

ރާއްޖޭގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ބާއްވާ ”ރާއްޖެ ސްޕާ ލީގު“ ވޮލީމުބާރާތް މިއަދު ހަވީރު ފަށާނެއެވެ.

މިއަދު ހަވީރުފަށާ، މި މުބާރާތުގެ ހުރިހާ މެޗުތަކެއް ވެސްކުޅޭނީ ސޯސަލް ސެންޓަރުގެ އިންޑޯގައެވެ.

ޖުމްލަ 8 ޓީމަކުން ވާދަކުރާ މިމުބާރާތް، މިއަދުން ފެށިގެން މިމަހުގެ 12 ވަނަ ދުވަހާއި ހަމައަށް ކުރިޔަށް ދާނެއެވެ.

ދެ ގުރޫޕަކަސް ބަހާލައިގެން ކުރިޔަށް ގެންދާ ގޮތަށް ހަމަޖެހިފައިވާ މިމުބާރާތުގެ ފުރަތަމަ މެޗުގައި، ހަވީރު 4:15 ގައި އައްޑޫ ސިޓީއާއިމާފުށި ބައްދަލުކުރާއިރު، ދެވަނަމެޗުގައި މިރޭ 20:30ގައި ބައްދަލުކުރާނީ ށ.ފުނަދޫއާއި ލ.ގަމެވެ.

މިމުބާރާތުގައި، ކޮންމެ ގުރޫޕަކުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމް ސެމީއަށްދާނެއެވެ. ސެމީފައިނަލް މިމަހުގެ 11 ވަނަ ދުވަހު ކުޅޭއިރު، ފައިނަލް ކުޅޭނީ 12 ވަނަ ދުވަހުއެވެ.

ރާއްޖޭގައި މީގެކުރިން ޒޯންތަކަކަށް ބަހާލައިގެން ޒޯން ވޮލީމުބާރާތްތައް ދެހާހުގެކުރީކޮޅު ކުރިޔަށް ގެންދިޔަ ނަމަވެސް ފަހުން އެކަން ވަނީ މެދުކެނޑިފައެވެ. ނަމަވެސް މިހާރުގެ ވޮލީބޯޅަ އެސޯސިއޭޝަނުން، ރާއްޖޭގައި ވޮލީކުރިއެރުވުމަށް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.އެގޮތުން ވަނީ ޖޫނިއަރ މުބާރާތެއްވެސް، ނިމިދިޔައަހަރު ބާއްވާފައެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *