އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާއި ކައުންސިލުން އިންތިޙާބު ނުކުރެވިވާ ދާއިރާތަކުގެ އިންތިޚާބަށް ކުރިމަތިލުމަށް އިލެކްޝަން ކޮމިޝަނުން އަނެއްކާވެސް ހުޅުވާލައިފިއެވެ.
އެކި އެކި ސަބަބުތަކާ ހެދި އިންތިހާބު ނުކުރެވޭ ރަށްރަށުގެ އަންހެނުންގެ ކޮމިޓީއާއި ކައުންސިލު ގޮނޑިތަކަށް ވާދަކުރުމަށް އިލެކްޝަން ކޮމިޝަނުން ވަނީ ފުރުސަތު ހުޅުވާލާފައެވެ. އެގޮތުން ބަލާލާއިރު އަލުން ފުރުސަތު ހުޅުވާލައިފައިވަނީ ހދ.ނޭކުރެންދޫ، ބ.ފުޅަދޫ، ވ.ރަކީދޫ އަދި މ.ރަތްމަންދޫއެވެ. ނޭކުރެންދޫ އަށް ހުޅުވާލާނީ ހުސްވެފައިވާ ދެ ގޮޑީގެ ތެރެއިން އެއްގޮނޑި އަދި ރަކީދޫގައި ހުސްވެފައިވާ ފަސް ގޮނޑީގެ ތެރެއިން، 3 ގޮނޑިއަށެވެ.
މިއަހަރު އޭޕްރީލްމަހުގައި ބޭއްވުނު ޑަބްލިޔު.ޑީ.ސީ އިންތިޚާބުގައި، އިންތިޚާބު ނުކުރެވޭ 10 ދާއިރާގެ ތެރެއިން ބައެއް ދާއިރާތަކަށް އިންތިޚާބު ކުރަންޖެހޭ އަދަދަށް ކުރިމަތިލި ދާއިރާތަކުގައި ވަނީ އިންތިޚާބަކާއި ނުލައި، ކުރިމަތިލި މީހާ އިންތިޚާބު ވެފައެވެ. މިގޮތަށް އިންތިޚާބު ވެފައިވަނީ ލ.މާބައިދޫ އާއި، ހއ.ވަށަފަރުގައެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވަނީ އަންނަ އޮގަސްޓް މަހު 7 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުތަކަށް ކުރިމަތިލުމަށް ހުޅުވާލުމުން މުއްދަތު ހަމަވިއިރު 4 ދާއިރާއަކަށް އަލުން އިއުލާން ކުރަން ހަމަޖެހިފައިވާ ކަމަށެވެ.









