Search Streamline Icon: https://streamlinehq.com

ކޮވިޑް ފެސިލިޓީއެއްގައި އަލިފާން ރޯވެ އެތައް ބަޔަކު މަރުވެއްޖެ

Iraq hospital grab

އިރާޤް ހޮސްޕިޓަލެއްގެ ކޮވިޑް އައިސޮލޭޝަން ފެސިލިޓީއެއްގައި ހޯމަ ދުވަހު ހިނގި އަލިފާނުގެ ހާދިސާއެއްގައި 64 މީހުން މަރުވެ އެތައް ބަޔަކު ޒަޚަމްވެއްޖެއެވެ.

އެޤައުމުގެ ރަސްމީ ނޫސް އެޖެންސީ އައި.އެން.އޭއިން ހާމަ ކޮށްފައިވާ ގޮތުގައި، ނާސިރިޔާ ސިޓީގައި ހުންނަ އަލްހުސައިން ޓީޗިންގ ހޮސްޕިޓަލްގައި ޤާއިމް ކޮށްފައި ހުންނަ ކޮވިޑް އައިސޮލޭޝަން ވޯޑްގައި ހިނގި މި ހާދިސާގައި މަރުވި މީހުންގެ އިތުރުން 100 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމް ވެފައެވެ. މަރުވި މީހުންގެ ތެރޭގައި ފެސިލިޓީގެ ބައެއް ސްޓާފުންނާއި ސެކިއުރިޓީ ގާޑެއް ވެސް ހިމެނެއެވެ.

އިރާޤް ސިއްޙީ ވުޒާރާގެ ތަރުޖަމާން ޑރ. އައްމާރް އައްޒަމީލީ މީޑިއާއަކަށް މަޢުލޫމާތު ދެއްވަމުން ބުނެފައި ވަނީ، އަލިފާން ރޯވެފައިވަނީ ކަރަންޓު ނަރަކަށް ދިމާވި މައްސަލައަކުން ކަމަށް ޝައްކު ކުރެވޭ ކަމަށާއި، މިހާދިސާގެ ތަހުގީގު މިހާރު ކުރިއަށްދާ ކަމަށެވެ. މީގެ އިތުރުން ޒަޚަމްވި މީހުންގެ ހާލު ސީރިއަށް ކަމަށާއި، އަދި މީހުން ހޯދުމުގެ މަސައްކަތް އިތުރަށް ކުރިއަށްދާ ވަރަކަށް މަރުވި މީހުންގެ އަދަދު އިތުރު ވުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

ބެލެވޭ ގޮތުގައި އަލިފާންގަނޑު ބޮޑަށް ފެތުރިފައި ވަނީ އަލިފާން ރޯވުމުން ވޯޑްގައި ހުރި އޮކްސިޖަން ޓޭންކުތައް ގޮވުމުގެ ސަބަބުންނެވެ. އަދި އަލިފާނާއެކު ބޯ ދުމުގެ ސަބަބުން އެވަގުތު މީހުންނަށް ސަލާމަތްވާން ދަތިވި ކަމަށާއި، އެވޯޑުގައި އަލިފާން ނިވަން ބޭނުންކުރާ އާލާތްތައް ނެތްކަމަށްވެސް ބައެއް އޮފިޝަލުން ވަނީ ރިޕޯޓު ކޮށްފައެވެ. އަލިފާންގަނޑު ކޮށްޓްރޯލް ކޮށްފައި ވަނީ ސަލާމަތީ ބާރުތަކުން ހަރަކާތްތެރި ވެގެންނެވެ.

އަލްހުސައިން ޓީޗިންގ ހޮސްޕިޓަލްގައި ޤާއިމް ކޮށްފައިވާ 70 އެނދުގެ މި އައިސޮލޭޝަން ވޯޑަކީ މީގެ 3 މަސް ކުރިން އަޅާފައިވާ ވޯޑެކެވެ.  

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *