Search Streamline Icon: https://streamlinehq.com

ޓޯކިޔޯ އޮލިމްޕިކްސް މިރޭ ރަސްމީކޮށް ފަށައިފި

Tokyo olymplics 1536x1024

އެއް އަހަރުދުވަހަށް ލަސްކުރުމަށްފަހު، ޓޯކިޔޯ އޮލިމްޕިކްސް މިރޭ ރަސްމީކޮށް ފަށައިފިއެވެ.

ޖަޕާނު ގަޑިން މިރޭ 8 ޖެހިއިރު ޓޯކިޔޯ އޮލިމްޕިކްސް ފަށާފައިވަނީ ކޮވިޑް-19އިން ރައްކާތެރިވުމުގެ ގިނަފިޔަވަޅުތަކާއެކުގައެވެ. މިއަހަރުގެ އޮލިމްޕިކްސް ކުރިޔަށް ގެންދާނީ ބެލުންތެރިންނާއި ނުލައިކަމަށް މީޑިޔާ ރިޕޯޓްތަކުގައި ބުނެފައިވެއެވެ.

އޮލިމްޕިކްސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، އިންޓަރނޭޝަނަލް އޮލިމްޕިސް ކޮމިޓީގެ ރައީސް ތޯމަސް ބެޗް ވިދާޅުވެފައިވަނީ، “މިއީ އުއްމީދުގެ ވަގުތުކޮޅެއް ކަމުގަ”އެވެ. މި ރަސްމިއްޔާތު ކުރިޔަށް ދިޔައީވެސް ބެލުންތެރިންނާއި ނުލައެވެ.

އެހެންނަމަވެސް، ޖަޕާނުގެ އެމްޕެރަރ ހިމެނޭގޮތުން މިރޭގެ ރަސްމިއްޔާތުގައި 1000 ވީއައިޕީ ޑެލިގޭޓުން ބައިވެރިވެއެވެ. މީގެތެރޭގައި އެމެރިކާގެ ރައީސް ޖޯ ބައިޑްންގެ އަނބިކަބަލުން ޖިލް ބައިޑްންވެސް ހިމެނެއެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *