އިންޑިޔާ ހައިކޮމިޝަން ކައިރީ އޮންނަ ލޮޓަސް ގޯޅި ދާއިމީކޮށް ބަންދުކޮށްދިނުމަށް ހައިކޮމިޝަނުން އެދުނުކަމަށް ބުނާ ވާހަކަތައް ސަރުކާރުން ދޮގުކޮށްފިއެވެ.
ފޮރިން މިނިސްޓްރީގެ އޮފިޝަލަކާ ހަވާލާދި ބައެއް މީޑިޔާތަކުގައި ބުނާ ގޮތުން އިންޑިޔާ ހައިކޮމިޝަންގެ އިރަށް އޮންނަ ލޮޓަސް ގޯޅި ބަންދުކޮށްދެއްވުމަށް އެދި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަ ސަފީރު ސަންޖޭ ސުދީރު ސަރުކާރުގައި އެދުނުކަމަށް ބުނާ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށް ސަރުކާރުން އިއުލާންކޮށްފިއެވެ.
މީޑިޔާތަކުން ފަތުރަމުންދާ ވާހަކަތަކާ ގުޅިގެން ފޮރިން މިނިސްޓްރީން ވިދާޅުވަނީ އިންޑިއާ ހައިކޮމިޝަނުގެ އިރަށް އޮންނަ ލޮޓަސް ގޯޅި ބަންދުކޮށްދޭން ހައިކޮމިޝަނުން އެދިފައި ނުވާ ކަމަށާއި ހައިކޮމިޝަނުގެ ސަލާމަތީ ކަންކަން ބަލަހައްޓާނީ ސަލާމަތީ ހިދުމަތްތަކުން ކަމަށެވެ.
މާލޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނާއި ޗައިނާގެ އެމްބަސީގެ އެދުމުގެ މަތިން މިހިނގާ ޖުލައި މަހުގެ ކުރީކޮޅު އެ ދެ ތަނުގެ ސަލާމަތީ ފިޔަވަޅުތައް ވަނީ އިތުރަށް ވަރުގަދަކޮށްފައެވެ.









