Search Streamline Icon: https://streamlinehq.com

ކެނެޑާގެ އަންހެން ފުޓްބޯޅަ ޓީމް އޮލިމްޕިކްސްގެ ފައިނަލުން ޖާގަ ހޯދައިފި

1331924823

ޓޯކިޔޯގައި ކުރިޔަށްދާ އޮލިމްޕިކްސްގައި އަންހެން ފުޓްބޯޅަ އިވެންޓުގައި ކެނެޑާގެ ޓީމް ފައިނަލަށް ވާދަކޮށްފިއެވެ.

އަންހެން ފުޓްބޯޅަ އިވެންޓުގައި ސެމީ ފައިނަލުގައި އެމެރިކާ އާއި ވާދަކޮށް ކެނެޑާ ޓީމް ފައިނަލަށް ދިޔައީ ކެނެޑާ ޓީމުގެ ކުޅުންތެރިއެއް ކަމަށްވާ ޖެސީ ފްލެމިންގ ޖެހި ޕެނަލްޓީ ކާމިޔާބްކޮށްގެންނެވެ. މެޗުގެ 75 ވަނަ މިނެޓްގައި އެމެރިކާގެ ކުޅުންތެރިޔާ ޓިއަރނާ ޑޭވިޑްސަން ކުރި ފައުލާއި ގުޅިގެން ކެނެޑާ ޓީމަށް ދިން މިޕެނަލްޓީގެ ފައުލް އެންމެ ފުރަތަމަ ރެފްރީގެ ލޮލުގައި އަޅައިނުގަތް ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ޕެނަލްޓީ ދޭ ގޮތަށް ނިންމީއެވެ. ކެނެޑާއިން ވަނީ 2001 ވަނަ އަހަރުގަވެސް އެމެރިކާގެ މައްޗަށް ކުރި ހޯދާފައެވެ.

ސެމީ ފައިނަލުގައި ދެޓީމުންވެސް ދައްކާލީ ވާދަވެރިކަމުގެ ކުޅުމެކެވެ. މިއީ އޮލިމްޕިކްސް ކުޅިވަރު މުބާރާތުގެ ފައިނަލަށް ނުގޮސް އެމެރިކާ ޖެހިޖެހިގެން ނިންމާލަން ޖެހުނު ދެވަނަ މުބާރާތެވެ. އެޓީމުގެ މޭގަން ރެޕިނޯއި ހާމަކުރިގޮތުގައި މިފަހަރުގެ މުބާރާތުގައި އެމެރިކާއަށް ރަނގަޅުކުޅުމެއް ދެއްކިފައެއް ނުވާ ކަމަށާއި މިއީ ވަރަށް ހިތްދަތި ބައްޔެއް ކަމަށް އޭނާ ވަނީ ސިފަކޮށްފައެވެ.

ކެނެޑާއާ ދެކޮޅަށް ފައިނަލުގައި ވާދަ ކުރާނީ ސްވިޑެންގެ އަންހެން ޓީމެވެ. ސެމީ ފައިނަލުގައި އޮސްޓްރޭލިޔާ އާއި ވާދަކޮށް މިމެޗް ސްވިޑެން ކާމިޔާނުކުރީ 1-0 އިންނެވެ.

ޖަޕާންގެ ވެރިރަށް ޓޯކިޔޯގައި މިހާރު ކުރިއަށްދާ އޮލިމްޕިކްސް ކުޅިވަރު މުބާރާތުގައި މިއަންނަ ހުކުރު ދުވަހު ކުޅޭ ފައިނަލް މެޗްގައި ސްވިޑްން ބައްދަލުކުރާނީ ކެނެޑާއާއެވެ. އަދި ތިންވަނަ ހޮވާ މެޗްގައި ބުރާސްފަތި ދުވަހު ބައްދަލުކުރާނީ އެމެރިކާ އާއި އޮސްޓްރޭލިއާ އެވެ.

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި