މިދިޔަ މަހު ބަރަހަނާ ހާލުގައި މާލޭގެ މަގުމަތީގައި އޮތް މީހާ އަނެއްކާ މިއަދުވެސް ބަރަހަނާ ހާލުގައި މަގުމައްޗަށް ނުކުމެއްޖެއެވެ.
ފާއިތުވީ ޖުލައި މަހު މާލޭ ލޯލާ ފިހާރަ ކައިރީ ޕޭމެންޓް މަތީގައި ބަރަހަނާ ހާލުގައި އޮށޯވެގެން އޮވެ އަމިއްލައަށް ޖިންސީ އެދުން ފުއްދަމުންދިޔަ މީހަކު ފުލުހުންވަނީ ހައްޔަރުކޮށްފައެވެ. މިދިޔަ ހަފްތާގައި ފުލުހުންގެ ބެލުމުގެ ދަށުން އޭނާ ދޫކޮށްލުމުން އަނެއްކާވެސް ބަރަހަނާ ހާލުގައި މިއަދު ހެދުނު އޭނާ ވަނީ މާލޭގެ މަގުމަތީގައި އުޅެފައެވެ.
ފުލުހުން ވިދާޅުވި ގޮތުގައި މާލެ މަގުމަތީގައި ފިރިހެނަކު ބަރަހަނާ ހާލުގައި އުޅެމުންދާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެދުނު 11 ޖެހިއިރު ކަމަށާއި މިމައުލޫމާތު ލިބިގެން ފުލުހުން އެސަރަހައްދަށް ދިޔުމުން އެމީހާ ގެޔަށް ވަދެފައިވާކަމަށެވެ.
އަދި މިކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން މިހާރު ބަލަމުން ދާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން މިމީހާ ދޫކޮށްލުމުން އޭނާ ބަރަހަނާ ހާލުގައި މާލޭގެ މަގުތަކުގައި އުޅޭކަމަށް އާއްމު ރައްޔިތުން މައުލޫމާތުދީފައިވެއެވެ. އަދި އޭނަގެ ޖިންސީ ގުނަވަންތައް ކުޑަކުދިންނަށް ދައްކާ ހަދާކަމަށް ބުނެފައިވެއެވެ. ޤާނޫނީ ގޮތުން ބަލާލާއިރުވެސް ކުޑަކުދިންނަށް ޖިންސީ ގުނަވަންތައް ދައްކާ ހެދުމަކީ ޤާނޫނީ ކުށެކެވެ.









