Search Streamline Icon: https://streamlinehq.com

ސީރިޔާގެ ހަގުރާމައިގައި ބައިވެރިވި ދިވެއްސަކު މަރާލައިފި

ފޮޓޯ: ސީރިޔާގެ ދާހިލީ ހަނގުރާމަޔަށް ގޮސް ތިބި ދިވެހިން

ސީރިޔާގެ ދާހިލީ ހަނގުރާމައަށް ގޮސް އުޅުނު ދިވެއްސަކު މަރާލައިފިއެވެ.

ސީރިޔާގެ ނޫސްވެރިޔެއް ކަމަށްވާ ކެވްރޮކް އަލްމައިސަން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ސީރިޔާގެ އަސްކަރިއްޔާއިން ދިން ހަމަލާއެއްގައި އަބޫ އަބްދުލް ރަހުމާނު ނަމަކަށް ކިޔާ ދިވެއްސަކު މަރުވެފައިވާ ކަމަށެވެ.

ދިވެހި ޓެރަރިސްޓެއްގެ ގޮތުގައި އޭނާ ފާހަގަ ކުރަމުން އޭނާއަށް ހަމަލާދީ މަރާލި ސިފައިންގެ މީހެއްގެ ފޮޓޯއެއް އަލްމަސިއަންގެ ޓްވިޓާ އެކައުންޓުގައި ވަނީ ހިއްސާކޮށްފައެވެ.

ސީރިޔާގައި މަރާލި ދިވެހި މީހާއާ ބެހޭގޮތުން ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ (އެން.ސީ.ޓީ.ސީ) އިން އެއްވެސް މައުލޫމާތެއް ހިއްސާނުކުރިއެވެ. އެން.ސީ.ޓީ.ސީ އިން ބުނާގޮތުގައި މިކަމާބެހޭގޮތުން އިތުރަށް ބަލަންޖެހޭ ކަންތައްތައް ބެލުމަށްފަހުގައި ނޫނީ އެއްވެސް މައުލޫމާތެއް ހިއްސާނުކުރާނެކަމަށެވެ.

ސީރިޔާގައި ހިގަމުންދާ ދާހިލީ ހަގުރާމަތަކުގައި ގިނައިން ބައިވެރިވަނީ ދިވެހިންކަމަށާއި މިހާރުވެސް ސީރިޔާގައި ހިގަމުންދާ ހަނގުރާމަތަކުގައި ގިނަ އަދަދެއްގެ ދިވެހިން ހިމެނޭކަމަށް އެން.ސީ.ޓީ.ސީން ހާމަކޮށްފައިވެއެވެ.

މިފަދަ ހަނގުރާމަތަކަށް ގޮސް ހާލުގައި ޖެހުމުން ރާއްޖެ އަނބުރާ އަންނަން ބޭނުންވެގެން ބައެއް މީހުން ދަނީ ސަރުކާރުގައި އެދެމުންނެވެ. މިފަދަ މީހުން މިހާރު ތިބީ ހައުލް ކޭމްޕްގައެވެ. އެމީހުން ރިހެބިލިޓޭޓް ކުރެވޭނެ ތަނެއް ރާއްޖޭގައި މިހާރު ވަނީ ގާއިމްކޮށްފައެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *