Search Streamline Icon: https://streamlinehq.com

އަފްޣާނިސްތާނުގެ ރިޔާސީ ގަނޑުވަރު ތާލިބާނުން ހިސާރުކޮށްފި

D89T3eCWwAUlGZh

އަފްޣާނިސްތާނުގެ ރިޔާސީ ގަނޑުވަރު ތާލިބާނުން ހިފާފައިވާކަމަށް އެޖަމާއަތުން ހާމަކޮށްފިއެވެ.

އަފްޣާނިސްތާނުގެ މީޑިޔާ ރިޕޯޓްތަކުގައި ބުނާގޮތުގައި ރިޔާސީ ގަނޑުވަރު ތާލިބާން ޖަމާއަތުގެ ބާރުގެ ދަށަށް ގެނެސްފައިވާ ޚަބަރަކީ ސައްޚަ ޚަބަރެއް ކަމެއް ކަމާ ބެހޭ ފަރާތްތަކުން ޔަޤީން ކުރެވޭނެ ގޮތެއް ނެތެވެ.

މިހާރު އަފްޣާނިސްތާންގެ ރައީސް އަޝްރަފް ޢަނީވެސް ގައުމު ދޫކުރައްވާ ވަޑައިގެންފައި ވުމުން އަފްޣާނިސްތާންގެ ސަރުކާރުގެ ބާރުކެނޑި ސަރުކާރުގެ އޮފިޝަލުންނާއި މީޑިއާތަކަށް ވެސް ގުޅޭ ގޮތެއް ނެތުމުން މިކަމާ ބެހޭ އެއްވެސް މައުލޫމާތެއް މީޑީޔާއަށް ލިބޭގޮތެއް ނުވާ ކަމަށް އެޤައުމުގެ މީޑީޔާތަކުގައި ބުނެފައިވެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އަފްޣާނިސްތާންގެ ރައީސް އެޤައުމު ދޫކުރައްވާ ވަޑައިގެންނެވިތާ އިރުކޮޅެއް ފަހުން ޠާލިބާނުން ވަނީ އަފްޣާނިސްތާންގެ ރިޔާސީގަނޑުވަރު ”އަރްކާ“ އެޖަމާއަތުގެ ބާރުގެ ދަށަށް ގެންގޮސްފައެވެ. އެގަނޑުވަރުގެ ސެކިއުރިޓީ ބަލަހައްޓަން ތިބި ސިފައިން އަމާން ދިނުމުން ތާލިބާނުން ރިޔާސީ ގަނޑުވަރު ހިފާފައިވަނީ އެއްވެސް ކަހަލަ ބާރުގެ ބޭނުން ކުރުމެއް ނެތިކަމަށް ރިޕޯޓްތައް ބުނެއެވެ.

އަފްޣާނިސްތާންގެ ރިޔާސީގަނޑުވަރަކީ އެގައުމުގައި ހުރި އެންމެ ތާރީހީ އެއްބިނާއެވެ. 1880 ވަނަ އަހަރު އަމީރު އަބްދުލް ރަހްމާން ހާން އިމާރާތް ކުރެއްވި ގަނޑުވަރު ހުންނަނީ ވެރިރަށް ކާބުލްގެ މެދުތެރޭގައެވެ.

Leave a Reply

Your email address will not be published. Required fields are marked *