ތޫނު އެއްޗަކުން ހަމާލާދީ އައްޑޫ ސިޓީ ހިތަދޫ ފްލެޓް ސަރަހައްދުގައި މީހަކު ޒަޚަމްކޮށްލައިފި އެވެ.
ހިތަދޫގައި މިއަދު މެންދުރެއްހާއިރު ހިނގި މިހާދިސާގައި ތޫނު އެއްޗަކުން ހަމަލާދީފައިވަނީ ފްލެޓަށް ވަންނަން ދިއަ ދެ މީހަކަށްކަމަށް މަޢުލޫމަތު ލިބެއެވެ. އެމީހުން ދިރިއުޅޭ ފްލެޓަށް ވަންނަނިކޮށް ފަހަތުން އައި މީހަކު އެތަނުން އެކެއްގެ ބޮލަށް ހަމާލާދީ ޒަޚަމުކޮށްލާފައިވާކަމަށްވެސް މަޢުލޫމާތު ލިބެއެވެ.
ފުލުހުން ހާމަކުރެއްވިގޮތުގައި އައްޑޫ ސިޓީގެ ފްލެޓް ސަރަހައްދުގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަޚަމްކޮށްލާފައިވާކަމުގެ ޚަބަރު މިއަދު 12:08 ހާއިރު ފުލުހުންނަށް ލިބިފަ އެވެ.
މި މާރާމާރީގައި އަނިޔާވެފައިވަނީ 29 އަހަރުގެ ފިރިހެނަކަށް ކަމަށާއި، އެ މީހާއަށް ހޮސްޕިޓަލްގައި ފަރުވާދެމުންދާކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.









