އައްޑޫ ސިޓީ ހިތަދޫގައި އަނެއްކާވެސް ތޫނު އެއްޗަކުން ޙަމަލާދީ ދެ މީހަކު ޒަޚަމް ކޮށްލައިފި އެވެ.
ފުލުހުން ވިދާޅުވީ އައްޑޫސިޓީ ގައި މިރޭ ހިނގި މާރާމާރީއެއްގައި ސައިކަލެއްގައި ދިޔަ ދެ މީހަކަށް ހަމަލާދީ، ޒަހަމްކޮށްލައިފައިވާ ކަމުގަ އެވެ.
އައްޑޫގައި މިރޭ ހިންގި މި މާރާމާރީގައި ޒަޚަމްވެފައިވަނީ އުމުރުން 27 އަހަރުގެ ފިރިހެނަކާއި 23 އަހަރުގެ އަންހެނަކަށް ކަމަށްވެސް ފުލުހުން މައުލޫމާތު ދެއްވައެވެ.
ފުލުހުން ވިދާޅުވީ މި މައްސަލައިގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މިރޭ 08:05 ހާއިރު ކަމަށާއި، މި މައްސަލަ އިތުރަށް ބަލަމުން އަންނަ ކަމުގަ އެވެ.
މިއަދު ހެނދުނު ވެސް އައްޑޫ ސިޓީގައި ވަނީ މާރާމާރީއެއް ހިންގައިފަ އެވެ. މިއަދު ހެނދުނު ހިންގި މާރާމާރީގައި 29 އަހަރުގެ ފިރިހެނަކު ވަނީ ޒަޚަމް ކޮށްލާފައެވެ.
މިއަދު ހެނދުނުގެ މާރާމާރީއާ ގުޅިގެން އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއްނުވެ އެވެ.
މި ދެ މައްސަލަވެސް ފުލުހުން ގެންދަވަނީ ތަޙްޤީޤު ކުރައްވަމުންނެވެ.









