ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދިރިއުޅުއްވާ ރިޔާސީ ގެކޮޅު (މުލީއާގެ) ކައިރީގައި މާރާމާރީއެއް ހިންގައި މީހަކު ޒަޚަމްކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މުލީއާގެ ކައިރީގައި މާރާމާރީއެއް ހިނގިކަމުގެ ރިޕޯޓު 19:59 ހާއިރު ލިބިގެން ފުލުހުން ހަރަކާތްތެރިވެފައިވާ ކަމުގަ އެވެ.
ގުރޫޕަކުން ހިންގި މި މާރާމާރީގައި އަނިޔާވެފައިވަނީ ފިރިހެނަކަށް ކަމަށާއި، އެމީހާ އަށް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށްވެސް ފުލުހުން ވިދާޅުވި އެވެ.
މި މައްސަލައިގައި ބަލަން ޖެހޭ ކަންކަން ބަލަމުން ގެންދަވާކަމަށްވެސް ފުލުހުން ވިދާޅުވި އެވެ.









