Search Streamline Icon: https://streamlinehq.com

ސާފް ޗެމްޕިއަންޝިޕްގެ ޓިކެޓް ބުދަ ދުވަހު ވިއްކަންފަށަނީ

Saff

އަންނަ ހުކުރު ދުވަހު ރާއްޖޭގައި ފަށާ ސާފް ޗެމްޕިއަންޝިޕްގެ ޓިކެޓް އަންނަ ބުދަ ދުވަހުން ފެށިގެން ވިއްކަން ފަށާނެކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފިއެވެ.

އެފްއޭއެމްއިން ބުނީ ބުދަދުވަހު ވިއްކުމަށް ހަމަޖެހިފައިވަނީ މުބާރާތުގެ ފުރަތަމަ ދެ މެޗް ކަމަށްވާ ހުކުރުދުވަހު ކުޅުމަށް ހަމަޖެހިފައިވާ ދެ މެޗްގެ ޓިކެޓްކަމަށެވެ. އެގޮތުން އެދުވަހުގެ ހެނދުނު 10:00 ފެށިގެން ޓިކެޓް ވިއްކަން ފަށާނެކަމަށެވެ.

“ އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021″ ގެ މެޗްތަކުގެ ޓިކެޓް ގައުމީ ފުޓްބޯޅަ ދަނޑުން ވިއްކުމަށް ނިންމާފައިވާއިރު  ގޮނޑިބަރީގެ ޓިކެޓެއް ވިއްކާނީ 100 ރުފިޔާއަށެވެ. އަދި ސިޑިބަރީގެ ޓިކެޓުގެ އަގަކީ 75 ރުފިޔާއެވެ.

އެފްއޭއެމް އިން އިތުރަށް ބުނީ ސާފް ޗެމްޕިއަންޝިޕުގެ ޓިކެޓް ވިއްކާނީ ކޮވިޑް-19 ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންނަށް ކަމަށެވެ. އަދި ޓިކެޓް ވިއްކާނީ ވެކްސިން ކާޑު އޮތް މީހުންނަށް ކަމަށާއި، އަދި މެޗަށް ވަންނައިރުވެސް ވެކްސިން ކާޑު ބޭނުންވާނެ ކަމަށް ވެސް އެފްއޭއެމްއިން ވަނީ ބުނެފައެވެ.

މި އަހަރުގެ މުބާރާތުގެ ފުރަތަމަ މެޗްގައި ހުކުރުދުވަހުގެ ހަވީރު ސްރީ ލަންކާ އާއި ބަންގްލަދޭޝް ބައްދަލު ކުރާއިރު، މުބާރާތް ފެށުމުގެ ރަސްމިއްޔާތު ބޭވުމަށް ހަމަޖެހިފައިވަނީ މުބާރާތުގެ ދެވަނަ މެޗްގެ ކުރިންނެވެ. ހުކުރު ދުވަހުގެ ރޭނގަޑު ކުޅޭ މުބާރާތުގެ ދެވަނަ މެޗްގައި ބައްދަލު ކުރާނީ ދިވެހިރާއްޖެ އާއި ނޭޕާލް އެވެ.

މި އަހަރު ސާފް ޗެމްޕިއަންޝިޕް އޮކްޓޫބަރ 1 ން ފެށިގެން 16 ށް ކުރިޔަށް ގެންދާއިރު މުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅުމަށް ހަމަޖެހިފައިވަނީ ރާއްޖޭގައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި