Search Streamline Icon: https://streamlinehq.com

އަޅުގަނޑުމެން މިއުޅެނީ ފުޓްބޯޅަ ފޯރިނަގަން، ނާޗަރަގީ ކުޅޭކަށްނޫން: މަޙްލޫފް

Mahloof

ބޮޑުބެރު ޖެހަނީ ފުޓްބޯޅައިގެ ފޯރިނަގަން ކަމަށާއި، ނާޗަރަގި ކުޅެން ނޫންކަމަށް ކުޅިވަރާބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ.

މިހާރު ރާއްޖޭގައި ކުރިޔަށްދާ ސަރަހައްދީ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގައި ރާއްޖެ ފައިނަލަށް ގޮސްފި ނަމަ މިއުޒިކް ޝޯތަކެއް ބާއްވާނެކަމަށް އިއްޔެ މިނިސްޓަރ މަޙްލޫފް ވިދާޅުވުމުން ގިނަބައެއްގެ ފާޑު ކިއުން ވަނީ އަމާޒުވެފައެވެ.

ސޯޝަލްމީޑިއާގައި މިނިސްޓަރުގެ އަމަލުތަކުގެ ސަބަބުން ޤައުމީ ޓީމް ޑީމޯޓީވޭޓް ވާނެކަމަށް، އެއްބަޔަކު ބުނާއިރު، އަނެއްބަޔަކު ބުނަމުން އަންނަނީ މިއީ ނާޗަރަގީ ކުޅެންވީ ވަގުތެއް ނޫންކަމަށާ، މިއީ ޓީމަށް ކާމިޔާބު ދެއްވުންއެދި ދުއާ ކުރަންވީވަގުތުކަމަށެވެ. މިކަމާއި ގުޅިގެން ރާއްޖޭގެ ދީނީ އިލްމުވެރިންވެސް ވަނީ މިނިސްޓަރ މަޙްލޫފަށް ވަރަށްބޮޑަށް ފާޑުކިޔާފައެވެ.

މިނިސްޓަަށް އަމާޒުވި ފާޑުކިއުންތަކަށް ރައްދު ދެއްވާ މިއަދު ކުރެއްވި ޓްވީޓްގައި މިނިސްޓާ މަޙްލޫފް ވިދާޅުވީ މިރޭ ބޮޑު ސްކްރީންގަ މެޗު ބެލުމާއެކު ކުރިއަށްގެންދަން ރާވާފައިވަނީ ބޮޑުބެރުކަމަށެވެ. އަދި އެއީ ނާޗަރަގީ ކުޅުން ނޫންކަމަށާ، އެއީ ފުޓްބޯޅައިގެ ފޯރި ނެގުންކަމަށެވެ.

“ މިރޭ ބޮޑު ސްކްރީންގަ މެޗު ބެލުމާއެކު ކުރިއަށްގެންދަން ރާވާފައިވަނީ ބޮޑުބެރެވެ. އަޅުގަނޑުމެން މިއުޅެނީ ފުޓުބޯޅަ ފޯރިނަގާށެވެ، ނާޗަރަންގީ ކުޅޭކަށްނޫނެވެ.ދަނޑުގަ ބޮޑުބެރާއެކު ނަގާފޯރި ކާނިވާ ސަރަހައްދުން މެޗުބަލާ ސަޕޯޓަރުންނާއި ހަމައަށް ގެންގޮސްދިނުމަށެވެ.“ :މިނިސްޓަރ މަޙްލޫފް

ރާއްޖޭގެ ޤައުމީ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލްޣަނީ ވެސް ބުނެފައިވަނީ ޓީމަށް ބޭނުންވަނީ ރާއްޖެގެ އެންމެހާ ރައްޔިތުންގެ ހެޔޮ ދުއާކަމަށެވެ. ސަޕޮޓަރުންގެ ދުއާގެ ނަތީޖާ އިރާދަކުރެއްވިއްޔާ މިރޭ ފެންނާނެކަމަށެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *