4 އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހަކު 20 އަހަރަށް ޖަލަށްލާން ހައިކޯޓުން ހުކުމްކޮށްފިއެވެ.
މިމައްސަލައިގައި ހައިކޯޓުން 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ ދަފްތަރު ނަންބަރު 1816، ހަސަން ރަޝީދުގެ މައްޗަށެވެ. ހަސަން ރަޝީދުގެ މައްޗަށް ކުރެވުނު ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމާފައިވަނިކޮށް ހައިކޯޓުން މިވަނީ ކްރިމިނަލް ކޯޓުގެ ނިންމުން ބާތިލުކޮށްފައެވެ.
ކްރިމިނަލް ކޯޓުން އިސްތިއުނާފްކުރި މައްސަލައިގެ ނިންމުން ބާތިލުކުރުމަށްފަހު ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނާ ހަވާލާދީ ހަސަން ރަޝީދު 20 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ހައިކޯޓުން ވަނީ ހުކުމްކޮށްފައެވެ.
މިމައްސަލާގައި ހައިކޯޓުން އިއްވި ހުކުމުގައި ބުނެފައިވަނީ ދައުލަތުން ހަސަން ރަޝީދުގެ މައްޗަށް އުފުލި އާއިލާގެ މެންބަރަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން އިސްތިއުނާފުކޮށް ނިންމާފައިވާ ނިންމުން ބާތިލުކޮށް، އާއިލާގެ މެންބަރަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އޭނާގެ މައްޗަށް ސާބިތުވާކަމަށް ކަނޑައަޅާ ކަމަށެވެ.
އެހެންނަމަވެސް ހަސަން ރަޝީދު ބަންދުގައި ހުރި މުއްދަތު ކަނޑާލުމަށްފަހު އޭނަގެ މައްޗަށް ކުރެވުނީ 15 އަހަރާއި 9 މަހާއި 26 ދުވަހުގެ ޖަލު ހުކުމެކެވެ. ހަސަން ރަޝީދު ބަންދުގައި ހޭދަކޮށްފައިވަނީ 4 އަހަރާއި 2 މަހާއި 4 ދުވަހެވެ.
ހަސަން ރަޝީދުގެ މައްޗަށް ކުރެވުނީ އާއިލާގެ މެމްބަރަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާއެވެ. މިމައްސަލަ އިސްތިއުނާފް ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހެޅުމުން،









