Search Streamline Icon: https://streamlinehq.com

ޖިންސީ ފުރައްސާރައިގެ މައްސަލައެއް ފުލުހުން ތަހުޤީގުކުރަން ފަށައިފި

Photo by shaari

މަޝްހޫރު ވިޔަފާރިވެރިޔާ ޖުނޭދު އޭނަގެ އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަކުރި މައްސަލައެއް ފުލުހުން ތަހުޤީގުކުރަން ފަށައިފިއެވެ.

އެ މައްސަލާގައި ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ”އޮންދިގޯ“ގެ އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަ އާއި ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުންގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށާއި އެކަން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ޖުނޭދުގެ އަންހެން މުވައްޒަފަކު ފޭސްބުކްގައި ޖަހާފައިވާ ޕޯސްޓެއްގައި ބުނާގޮތުން ޖުނޭދު ވަނީ އެތައް ދުވަހެއްގެ މަތިން އޭނައަށް ޖިންސީ ފުރައްސާރަ ކޮށްފައި ކަމަށާއި އެންމެ ފަހުން އެކަންތައް ހުއްޓުމަކަށް ނައުމުން އޭނާ ވަޒީފާއިން ވަކިވީ ކަމަށެވެ.

އެގޮތުން އެއަންހެން ކުއްޖާ ބުނާގޮތުގައި ޖުނައިދުވަނީ އޭނަގެ ނުރުހުމުގައި އޭނަގެ ހަށިގަނޑުގައި އަތްލައި ބަހުގެ ހަމަލާތައް އޭނައަށް ރައްދުކޮށްފައެވެ. މިވާހަކަތައް އެކުގައި މަސައްކަތްކުރާ އެހެން ސްޓާފުން ކައިރީގައިވެސް ދައްކާފައިވާ ކަމަށާއި އެންމެންވެސް ދިނީ އެއްލަފާއެއް ކަމަށް އޭނާ ވަނީ ބުނެފައެވެ. އެއީ ވަޒީފާ ދޫކޮށްލުމެވެ. މާލެއިން ވަޒީފާ ހޯދުމަކީ ފަސޭހަ ކަމަކަށް ނުވާތީ އޭނާ ވަޒީފާ ދޫކޮށްނުލާ އުޅުނީ ކަމަށާއި އެހެންނަމަވެސް ޖުނޭދުގެ ފުރައްސާރަ ވަރަށް ބޮޑުވެ ގަދަކަމުން ގައިގަ އަތްލާ ހަދަން ފެށުމުން މިމަހު 1 ވަނަ ދުވަހު އޭނާ ވަޒީފާއިން އިސްތިއުފާ ދިނީ ކަމަށް ބުނެފައިވެއެވެ.

ޖިންސީ ގޯނާ އަދި ޖިންސީ ފުރައްސާރައިގެ މައްސަލަތައް ރާއްޖޭގައި ދުވަހެއް ދުވަހެއް އިތުރުވަމުން އައިސް މިހާރުު ކުންފުނިތަކުގައިވެސް މަސައްކަތްކުރާ އަންހެން މުވައްޒަފުންނަށް މިމުޖުތަމައު މިވަނީ ބޮޑު ބިރަކަށްވެފައެވެ. އިސް މަޤާމުތަކުގައި ތިބޭ މީހުންގެ ފަރާތުން ލިބޭޭ ފުރައްސާރަތަކުގެ ސަބަބުން ވަޒީފާއަށް ނުކުންނަންވެސް ގިނަ އަންހެންކުދިން މިހާރު ޖެހިލުންވެއެވެ. ރާއްޖޭގެ މާހައުލަކީ މިހާރު އަމާންކަމާއެކު ވަޒީފާ އަދާކުރެވޭޭ މާހައުލެއް ނޫނެވެ.

Leave a Reply

Your email address will not be published. Required fields are marked *