Search Streamline Icon: https://streamlinehq.com

ދަނޑުގެ މަސައްކަތް ނުނިންމާ ވެހިކަލްތައް ގެންދާތީ ފުނަދޫ ޒުވާނުން ރަތަށް

Yum

ފުނަދޫ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނުނިންމާ ވެހިކަލްތައް ގެންދާތީ ޒުވާނުން ނިކުމެ އިހްތިޖާޖު ކޮށްފިއެވެ.

2019 ވަނަ އަހަރު ފުނަދޫގެ ފުޓްބޯޅަ ދަނޑު ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ކުންފުންޏަކާއި ހަވާލު ކުރި ނަމަވެސް މިއަދާއި ހަމައަށް ދަނޑު މަސައްކަތް ނިންމާފައެއް ނުވެއެވެ.

އެންމެ ފުރަތަމަ ފުނަދޫ ފުޓްބޯޅަ ދަނޑުގެ މަސައްކަތް 3 މަސް ދުވަހުގެ ތެރޭގައި ނިންމަން ޝަރުތުކޮށް އާކާ އިންވެސްޓްމަންޓާއި ހަވާލުކުރީ 31 ޑިސެންބަރ 2019 ގައެވެ. އެކުންފުނިން މަސައްކަތް ފެށުމަށް ތަކެތީ ގެނައިނަމަވެސް ކޮވިޑް އާއި ގުޅިގެން މަސައްކަތް ކުރެވެންނެތް ކަމަށްބުނެ ތަކެތިވަނީ އަނބުރާ ގެންގޮސްފައެވެ.

ފުނަދޫގެ ޒުވާނުން ކުރި އިހްތިޖާޖު ގެތެރެއިން: ފޮޓޯ/ ސޯޝަލްމީޑިއާ

ޔޫތު މިނިސްޓްރީން ބުނެފައިވަނީ އާކާ އިންވެސްޓްމަންޓުން ދަނޑުގެ މަސައްކަތް ހުއްޓާލުމުން އަލުން މަސައްކަތް ފެށޭތޯ މަޝްވަރާކުރިކަމަށާ، އަދި އަލިމަގެއް ނުފެނުމުން އާރުކޭއެލް އާއި މަސައްކަތް ހަވާލުކުރީކަމަށެވެ.

އާރުކޭއެލް އާއި ހަވާލުކުރިފަހުން ވެސް ދަނޑު ނުހެދި ދުވަސްތަކެއް ފާއިތު ވަމުންދާތީ ފުނަދޫ ގެ ޒުވާނުން ވަނީ ސޯޝަލްމީޑިއާގައިއިހްތިޖާޖް ކޮށް، މަސައްކަތް އަވަހަށް ފަށާ ދަނޑު ނިންމަ ދިނުމަށް އެދެމުންނެވެ.

ފުނަދޫ ޒުވާނުންނާއި ކައުންސިލްގެ ޕްރެޝަރާއިއެކު އާރުކޭއެލްއިން ފުނަދޫގެ ދަނޑުގެ މަސައްކަތް ކުރުމަށް ވެހިކަލްތަކާއި އެކު މަސައްކަތް ކުރާމީހުން ފުނަދޫއަށް ގެނައެވެ. އަދި ދަނޑުގެ ޕޭމަންޓްގެ މަސައްކަތް ކުރުމަށް ފަހު، އާރުކޭއެލުން ވަނީ މަސައްކަތް ހުއްޓާލާފައެވެ. އަދި ދަނޑު ހެދުމަށް ގެނައި ތަކެތި އަނބުރާ ގެންދިއުމަށް ކޮޅުވެއްޓި މިއަދު ވަނީ ފުނަދުއަށް އައިސްފައެވެ. އެެހެންނަމަވެސް ފުނަދޫގެ ޒުވާނުން ވަނީ ދަނޑުކައިރިއަށް ނިކުމެ އެމީހުންގެ ކަންބޮޑުވުންތައް ފާޅުކޮށްފައެވެ.

ޒުވާނުންގެ ހުރިކަންބޮޑުވުންތައް ހާމަ ކުރަމުން ފުނަދޫން އިން ވާހަކަދެއްކި ޒުވާނަކު ބުނީ މިއީ ބޮޑުވަރުކަމަށެވެ. ފުނަދޫގައި ފުޓްބޯޅަ ކުޅޭ ދެޖިންސުގެ ޒުވާނުން އުޅޭއިރު ދަނޑު ނުހެދި އަދި ބޭނުން ނުކުރެވި އޮތުމަކީ ލިބޭ ވަރަސްބޮޑު ގެއްލުމެއްކަމަށެވެ. އަދި ދަނޑު ލަސްވާސަބަބު އެގެންބޭނުންވާކަމަށާ، ޒިންމާވާނެ ފަރާތެއްވެސް އެގެން ބޭނުންވާކަމަށެވެ.

“ ދަނޑުގެ ނުނިމި 2 އަހަރު މިވީ. ނުނިމެންވީ ސަބަބެއްވެސް އެގެންބޭނުން. ދަނޑުގެ މަސައްކަތް ނިންމަދިނުމަށް އަޅުގަނޑުމެންނަށް ކިއުނު އަދަދުވެސް ނޭނގޭ. ހަގީގަތުގަ ޒިންމާވާނެ ފަރާތެއްވެސް ނެތް. މިރަށަކީ ދެ ޖިންސުގެ ޒުވާނުންވެސް ފުޓްބޯޅަ ކުޅޭ ރަށެއްކަމުން ކުޑަކުޑަ ފުޓްސަލް ދަނޑެއްގައި ކުޅެންޖެހުމުން ފުރުސަތު ހަމަހަމަ ކަމާިއެކުނުލިބޭ“ : ފުނަދޫގެ ޒުވާނެއް

ފުނަދޫގެ ޒުވާނުން ކުރި އިހްތިޖާޖު ގެތެރެއިން: ފޮޓޯ/ ސޯޝަލްމީޑިއާ

މި މައްސަލައިގައި ފުނަޑު ކަުއންސިލްގެ ރައީސް ވިދާޅުވީ ފުނަދޫގެ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނިންމުމަށް އާރުކޭއެލްއަށް ފުރިހަމަ އެއްބާރުލުން ދިންކަމަށެވެ. އެގޮތުން ވެލި ފުނަދޫއިން ލިބެންއޮތް މިންވަރަކަށް ދީފައިވާނެކަމަށެވެ. އިތުރަށް ވެލި ބޭނުންވާކަމަށް ބުނުމުން ފުނަދޫގެ ފަޅުތެރެއިން ތިލަވާ ސަރަހައްދުން ވެލި ނެގުމަށްވެސް އެދިފައިވާނެކަމަށެވެ. މިއަދު ތަކެތިބަލާ ކުންފުނިން ކޮޅުވެއްޓި ފޮނުވުމުން ޒުވާނުން ނިކުމެ އެކަން ހުއްޓުވާފައިވާކަމަށެވެ.

އާބާދީގައި ދެހާހަސްވުރެ ގިނަމީހުން އުޅޭ ފުނަދޫގެ ދެ ޖިންސުގެ ޒުވާނުންގެ ތެރެއިން ގިނަބަޔަކު ކުޅޭ ކުޅިވަރަކީ ފުޓްބޯޅައެވެ. އަދި ޔުނިޓީ އެކަޑެމީގައި 100 އަށް ވުރެ ގިނަކުދިން އަންނަނީ ތަމްރީން ހަދަމުންނެވެ. އެެހެންކަމުން ފުނަދޫ ދަނޑުގެ މަސައްކަތް ނުނިމިލަސްވާ ކޮންމެ ދުވަހަކީ ފުނަދޫގެ ފުޓްބޯޅައަށް ލޯބިކުރާ އެތައްބަޔަކަށް ލިބޭނެ ވަރަށްބޮޑު ދެރައެކެވެ.

 

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި