ހެލްތް ޕޮރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން 24 ގަޑި އިރު ޚިދުމަތް ދެމުން އައި ކޯލްސެންޓަރުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކޮށްފިއެވެ.
މިކަން ހާމަކޮށް އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހެލްތް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން 24 ގަޑިއިރު ޚިދުމަތް ދެމުންދާ ކޯލްސެންޓަރ (1616) ގެ ޚިދުމަތް 24 އޭޕްރީލް 2022 ން ފެށިގެން ހަމައެކަނި ރަސްމީ ގަޑީ ގައި ދިނުމަށް ބަދަލުކުރެވިފައިވާ ކަމަށެވެ. އަދި މި ބަދަލާއިއެކު ކޮވިޑަށް ފައްސިވާ ފަރާތްތަކުން ކޯލް ސެންޓަރ އާ ގުޅައިގެން ހަމަޖައްސައިދެމުން ގެންދިޔަ ޑޮކްޓަރުންގެ އޮންލައިން ކޮންސަލްޓޭޝަން ދިނުން ހުއްޓާލެވޭނެކަމަށެވެ.
މާލެ ސަރަހައްދުގައި ކޮވިޑަށް ފައްސިވާ އަދި ޑައިރެކްޓް ކޮންޓެކްޓްވާ ފަރާތްތައް ސިއްޙީ ހިދުމަތް ހޯދަންޖެހޭ ހާލަތުގައި އެންމެ ކައިރިން ޙިދުމަތް ލިބެން ހުރި ހޮސްޕިޓަލަކުން ޙިދުމަތް ހޯދުމަށް ވެސް ބަޔާނުގައި އެދިފައިވައެވެ. އަދި މި ފަދަ ފަރާތްތަކުގެ ތެރެއިން ކުއްލިއަކަށް ޙާލުބޮޑުވެ، އެމެޖެންސީގައި ފަރުވާދޭން
ޖެހޭ ފަރާތްތައް އެމެޖެންސީ މެޑިކަލް ސަރވިސް (އީ.އެމް.އެސް) ގެ ނަންބަރ 100 އަށް ގުޅުއްވުމަށް ވެސް ބަޔާނުގައި ވަނީ އިރުޝާދު ދީފައެވެ.









