އެމްޑީޕީ ސަރުކާރަކީ މަޝްރޫޢުތައް ފަށާއިރު އެކަންކަން ނިންމޭވަރަށް ބަޖެޓްގައި ލާރި ހުރެގެން ފަށާ، ބައެއް ނޫންކަމަށާ، ކަންކަން ނުނިމި ލަސްވަނީ އެހެން ވުމުންކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދި ޝިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ.
ޅ. ނައިފަރުގެ މަދަރުސަތުލް އިފްތިތާޙް ގެ މައްސަލަތަކާއި ގުޅޭގޮތުން މިއަދު މަޖިލީހުގައި ދެއްކެވި ވާހަކަފުޅުގައި ޝިޔާމް ވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާދުވިދާޅުވެފައެވެ.
ޝިޔާމް ވިދާޅުވީ ނައިފަރުގެ މަދަރުސަތުލް އިފްތިތާޙްގައި ރަގަޅު ކުރަން ހުރި 18 މައްސަލައެއް ނޮވެންބަރ 2021 ގައި މަޖިލީހަށް ހުށައެޅުމުން އެ މައްސަލަތަށް އެޖެންޑާ ކުރެވުނީ ފެބްރުއަރީ 2022 ގައި ކަމަށެވެ. މަދަރުސަތުލް އިފްތިތާޙްގައި ހުރި މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް މިހާރު މަސައްކަތް ފަށާފައިވާއިރު، އެ ކަންކަން ދިގުލައިގެން ދާތީ ކަންބޮޑުވާކަމަށެވެ.
މައްސަލަ އެޖެންޑާ ކުރުމުގައި ލަސްވުންތަކެއް ހުރި ނަމަވެސް މިހާރު ކޮންމެސްވަރަކަށް މަދަރުސާގެ މަސައްކަތްތައް ކުރަމުން އެބަދޭ. އެހެން ނަމަވެސް މި ސަރުކާރަކީ ކަންކަން ފަށާ ސަރުކާރެއް، ނިންމަން ނޭނގޭ ސަރުކާރެއް. އާމުކޮށް ކަންކަން ފަށާއިރު ބަޖެޓްގައި ނިންމާވަރަށް ފައިސާއެއް ނުހުރެ. އެހެން ވީމަ ކަންކަން ނުނިމި ދިގުލައިގެން ދަނީ.
މެމްބަރ އަޙްމަދު ޝިޔާމް މުހައްމަދު
ޝިޔާމް އިތުރަށް ވިދާޅުވީ މަދަރުސަތުލް އިފްތިތާހްގައި ގާއިމް ކުރަންޖެހޭ ޙިދުމަތްތައް ގާއިމް ކުރަން މިހާރު ކުރަމުން އަންނަ މަސައްކަތްތައްވެސް ދިގުލައިގެން ދާތި ނުހަނު ކަންބޮޑުވާކަމަށާ، އުންމީދު ކުރަނީ މިހާރު ފަށަފައިވާ މަސައްކަތްތައް ނިންމޭވަރަށް ބަޖެޑްގައި ފައިސާ ހުރެގެން ވީ އެންމެ އަވަސް މުސަތަގް ބަލެއްގައި މަސައްކަތް ނިންމާލަ ދިނުން ކަމަށެވެ.









