މާލޭގެ ގަރާޖެއްގައި މިރޭ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހާމަކުރި ގޮތުގައި މިރޭ 21:08 އެހާކަންހާއިރު މާލޭ އިސްކަންދަރުމަގުގައި ހުރި ގަރާޖެއްގައި އޮތް ކާރެއްގައި ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގި ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށާއި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށާފައިވާކަމަށެވެ.
މި ހާދިސާގައި އެކާރު ވަނީ ވަރަށް ބޮޑަށް އަނދާފައެވެ.
މިދިޔަ އޭޕްރީލްމަހުގައިވެސް މާލޭގެ ގަރާޖެއްގައި ވަނީ އަލިފާނުގެ ހާދިސާއެއް ހިނގައިފައެވެ. އެހާދިސާގައި އެގަރާޖަށް މަރާމާތަށް ގެންގޮސްފައިހުރި ސައިކަލްތަކުގައިވެސް ވަނީ އަލިފާން ރޯވެފައެވެ.









