Search Streamline Icon: https://streamlinehq.com

ސަމާލުވޭ 45 މޭލަށް ވައި ގަދަވާނެކަމަށް ލަފާކުރެވޭ: މެޓް އޮފީސް

Moosum fenvaru Online

ރާއްޖެއަށް ކުރަމުން މިދާ ވިއްސާރައިގައި މިހާރަށްވުރެ އިތުރަށް މޫސުން ގޯސްވެދާނެކަމަށް ލަފާކުރައްވައި ދިވެހިރާއްޖޭގެ މޫސުމާއިބެހޭ ޤައުމީ އިދާރާއިން ރާއްޖޭގެ ބޮޑުބަޔަކަށް ޔެލޯ އެލާޓު ނެރެފި އެވެ.

މޫސުމާއިބެހޭ ޤައުމީ އިދާރާއިން ވަނީ ކ.އަތޮޅުން ފެށީގެން ލ.އަތޮޅާއި ހަމައަށް ޔެލޯ އަލާޓް ނެރުއްވާފައެވެ.

މޫސުމާއިބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށް ލަފާކުރައްވާ ކަމަށާއި، ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާ ކުރައްވާ ކަމުގައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާ ކުރައްވާ ކަމަށްވެސް މޫސުމާއިބެހޭ ޤައުމީ އިދާރާއިން ވިދާޅުވި އެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން މިއަދު 18:00 އިން ފެށިގެން 22:00 އަށް ވަނީ ކ.އަތޮޅުން ފެށިގެން ލ.އަތޮޅާއި ހަމައަށް ޔެލޯ އެލާޓް ނެރެފައެވެ.

މީގެ އިތުރުން ރާއްޖޭގެ ހިސާބުތަކަށް ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށް ލަފާކޮށްފައި ވާއިރު ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދު ބާރުމިނަށް ވައިގަދަވާނެ ކަމަށާއި ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް މެޓުން ބުންޏެވެ.

މިއަދު ރާއްޖެ އަށް މޫސުން ގޯސް ވާނެ ކަމަށް ލަފާކޮށްފައި ވާއިރު ރާއްޖޭގެ އެއްކޮޅުން ބޭ އޮފް ބެންގަލް ސަރަހައްދުގައި ތޫފާން ”އަސަނި“ އުފެދި އަދި އަނެއް ކޮޅުން ސަދަން ހެމިސްފިއާގައި ތޫފާން ”ކާރިމް“ އެއް ވަނީ އުފެދިފަ އެވެ.

ތޫފާން އަސަނި އިންޑިއާގެ އަންދުރަ ޕްރަދޭޝާއި އޮޑިޝާ ސަރަހައްދާއި ދިމާލަށް ދަތުރު ކުރަމުންދާއިރު، މިތޫފާނުގެ ބާރު މިއަދު ގަދަ ވާނެ ކަމަށް ލަފާ ކުރެވެ އެވެ. ތޫފާން ކާރިމް ދަތުރު ކުރަމުން ދަނީ ކޮކޯ އައިލެންޑް ކައިރިން ރާއްޖެއާއި ދުރަށް ކަމަށްވެސް މީޑިއާ ރިޕޯޓް ތައް ބުނެއެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *