ރައީސް ނަޝީދުއަށް އޮތީ ރައީސް ޞޯލިޙް ކުނިކޮށް އެއްލާލާ ބަތްސުވާކޮޅުގައި ހިފުންކަމަށް ކުރީގެ ނާއިބުރައީސް ޑރ. މުހައްމަދު ޖަމީލް އަޙްމަދު ވިދާލުވެއްޖެއެވެ.
ޖަމީލް މިހެންވިދާޅުވީ ދާދިފަހުން ބޭއްވުނު އެމްޑީޕީގެ އެތެރޭގެ އިންތިހާބު ރާއިސް ނަޝީދު ތާއީދާއުކު ނިކުންނެވި މެންބަރު އިމްތިޔާޒު ފަހުމީހަށް ނާކާމިޔާބުވެ، ރައީސް އިބްރާހިމް މުހައްމަދު ޞޯލިޙްގެ ތާއީދާއި އެކު ކުރިމަތިލެއްވި ފައްޔާޒު އިސްމާއިލް ކާމިޔާބު ކުރިކުރުމަށް އިޝާރާތްކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ.
ޖަމީލް ވިދާޅުވީ އެމްޑީޕީގެ އިންތިހާބު އިންތި އަށް ނުގެއްލޭކަމަށެވެ. ނަމަވެސް ނާކާމިޔާބުވީ ނަޝީދާއި ޞާލިޙް، ބޭރުގެ ބާރުގެ ކުރިމަތީގައި ކުޑަކަކޫޖަހައި ސިޔާސަތުގައި، އެމީހުންގެ އިތުބާރުވެސް ނަޝީދަށް ނެތުމުގެ ނަތީޖާކަމަށެވެ.
އެމްޑީޕީގެ އިންތިޚާބު އިންތިއަކަށް ނުގެއްލޭ.އެއީ ނަޝީދާއި ޞާލިޙް ބޭރުގެ ބާރުގެ ކުަރިމަތީގައި ކުޑަކަކޫޖަހައި ސިޔާސަތުގައި އެމީހުންގެ އިތުބާރުވެސް ނަޝީދަށް ނެތުމުގެ ނަތީޖާ.މިފަހަރު ކާމިޔާބުވިނަމަނަޝީދު ފެންނާނީ ޖަލުން.ނަޝީދަށް އޮތީ ޞާލިޙް ކުނިކޮށްފައި އެއްލާލާ ބައްސުވާކޮޅު ހިފުން.
ޑރ. މުހައްމަދު ޖަމީލް އަޙްމަދު
ނިމިދިޔަ އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބޭއްވި އެތެރޭގެ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ވެސް ފެނިގެން ގޮސްފައިވަނީ އެމްޑީޕީ ގެ ގިނަ މެންބަރުން، އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އަށް ތާއިދު ކުރި މަންޒަރެވެ. އެގޮތުން ސަރުކާރުގެ ވަޒީރުން ނާއި މަޖިލީހުގެ ގިނަ މެންބަރުންވެސް ތާއީދު ކުރީ ރައީސް ޞާލިޙްގެ ފަޅިއަށެވެ. އެއާއިއެކު ރައީސް ނަޝީދުގެ ފަޅިން ވަނީ ސަރުކާރުގެ ކޮރޮޕްޝަންގެ ވާހަކަޔާއި، މިނިސްޓަރ ފައްޔާޒު ނުފޫޒު ބެނުން ކުރާކަމުގެތުހުމަތުތައް ކުރައްވާފައެވެ. ނަމަވެސް އިންތިހާބު ކާމިޔާބު ކުރުމަށްފަހު، މިނިސްޓަރ ފައްޔާޒުގެ ފުރަތަމަ ފެނިލުންވެސް ފެނުނީ ރައީސް ނަޝީދާއި އެކުގައެވެ. އަދި ފައްޔާޒަށް އިތުބާރު އޮތްކަމަށްވެސް ރައީސް ނަޝީދު ވަނީ ވިދާލުވެފައެވެ.









