Search Streamline Icon: https://streamlinehq.com

ރިޔާސީ ޓިކެޓް ދިނީ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް ދަމަހައްޓަން ބޭނުންވާތީ:އަދުރޭ

Raees Yaameen and Adhurey

 

ޔާމީނަށް ރިޔާސީ ޓިކެޓް ދިނީ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް ދަމަހައްޓަން ބޭނުންވާތީ: އަދުރޭ

ކުރީގެ ރައީސުލްޖުމްހޫރިއްޔާ، ރައީސް އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްއަށް އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުގެ ރިޔާސީ ޓިކެޓް ދިނީ ދިވެހި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް ދަމަހައްޓަން ރައްޔިތުން ބޭނުންވާތީ ކަމަށް ޕީއެންސީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ލ.ފޮނަދޫ ދާއިރާގެ ކުރިގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

”ޗެނަލް13″ގެ ޕްރޮގުރާމެއްގައި ވާހަކަދައްކަވަމުން އަދުރޭ ވިދާޅުވީ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤާއްޔޫމް ރިޔާސީ ޓިކެޓް ދިނުމަށް ޕީޕީއެމް-ޕީއެންސީން ނިންމީ ޕާޓީގެ އަސާސީ ޤަވާޢިދާއި އެއްގޮތަށް ކަމުގައެވެ. އަދި އެނިންމުމަކީ ދިވެހި ރައްޔިތުންގެ ޙައްޤުގައި ނިންމި ނިންމުމެއް ކަމަށްވެސް އަދުރޭ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ ކުރީގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލަ ޤާއްޔޫމް އަށް ރިޔާސީ ޓިކެޓް ދިނީއެކަމުގައި ވަރަށް ގިނަ ސަބަބުތަކެއް ހުރެގެން ކަމުގައެވެ. އަދުރޭ ފާހަގަކުރެއްވި ބައެއް ސަބަބުތަކުގެ ތެރޭގައި ދިވެހި ގައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް ދަމަހައްޓަން ރައްޔިތުން ބޭނުންވުމާއި، ދިވެހިރާއްޖެ އަކީ އިތިއޮޕިއާ ފަދަ ޤައުމަކަށް ނުވަތަ ފަޤީރު ޤައުމުތަކުގައި ނިކަމެތި ޙާލުގައި ދިރިއުޅެމުން ދާފަދަ ނިކަމެތި ރައްޔިތުންތަކެއް ދިރިއުޅޭ ތަނަކަށް ދިވެހިރާއްޖެ ހަދަން ދިވެހި ރައްޔިތުން ބޭނުން ނުވުމަކީވެސް ޕްރައިމަރީއަކާ ނުލައި ރައީސް ޔާމީނަށް 2023 ގެ ރިޔާސީ ޓިކެޓް ދިން ސަބަބެއް ކަމުގައިވެސް އަދުރޭ ފާހަގަކުރެއްވި އެވެ.

އަދުރޭ ވިދާޅުވީ ރައީސް ޔާމީން ފިޔަވައި އަމިއްލަ މަސްލަހަތު އަމިއްލަ ހިމާޔަތް ކުރުން ނޫންކަމެއް ކުރައްވާ ސިޔާސީ ލީޑަރެއް ނެތްކަމުގައެވެ. އަދި 2023 ގައިބާއްވާ ރިޔާސީ އިންތިހާބު ބޮޑު ތަނުން ރައީސް ޔާމީން ކާމިޔާބު ކުރައްވާނެކަމަށްވެސް އަދުރޭ ވިދާޅުވި އެވެ.

އަންނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ފަރާތުން ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރުމަށް ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ ޓިކެޓް ދިނުމަށް ޕީޕީއެމުން ނިންމާފައި ވަނީ މިދިޔަމަހުގެ 31 ވަނަ ދުވަހުގެރޭ ބޭއްވި ޕީޕީއެމްގެ ސެނެޓް ބައްދަލުވުމުގައެވެ. ޕީޕީއެމް ކޯލިޝަންގެ އެ ނިންމުން ރައީސް ޔާމީންވަނީ ޤަބޫލުފު ކުރަށްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *