ބަންގިގޮވާ އަޑާއި ކީރިތި ޤުރުއާނުގެ އަޑު އިވުމަކީ ޝައިޠާނުންނަށް އިންތިހާއަށް އުނދަގޫވާކަމެއްކަމުގައި ޖަމްޢިއްޔަތުއްސަލަފްގެ އޮޕަރޭޝަން މެނޭޖަރު އަލްއަޚް ޢަލީ ރަމީޒު ވިދާޅުވެއްޖެއެވެ.
ޢަލީ ރަމީރު މިހެން ވިދާޅުވެ ޓްވީޓް ކުރައްވާފައިމިވަނީ މިސްކިތްތަކުގައި ނަމާދު ކުރާ އަޑު މިސްކިތުން ބޭރަށް ނީވޭ ގޮތް ހަދަން ބައެއް މިސްކިތްތަކުގެ އިމާމުންނަށް އިސްލާމިކް މިނިސްޓްރީން އަންގާފައިވާކަމަށްބުނެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން އަންނަ ދަނޑިވަޅެއްގަ އެވެ.
ޢަލީ ރަމީޒު ކުރަައްވާފައިވާ ޓްވީޓް މެސެޖުގައި ވިދާޅުވެފައިވަނީ ބަންގި ގޮވާ އަޑާއި، ޤުރުއާން ކިޔަވާ އަޑު އިވުމަކީ ޝައިޠާނުންނަށް އިންތިހާއަށް އުނދަގޫވާނެކަމެއް ކަމުގައެވެ.
Bangi govaa adaai, quran kiyavaa adu ivumakee shaithaanunnah inthihaa ah undhagoovaa kameh.
— Ali Rameez (@aliramyz) August 25, 2022
ޢަލީ ރަމީރުގެ ދެވަނަ މެސެޖުގައި ވިދާޅުވެފައިވަނީ ”ނަމާދައް ބަންގި ގޮވާލެވިއްޖެ ނަމަ، އެއަޑު ނޭހުމައްޓަކައި ފުރަގަސް ފަރާތުން ވައި ބޭރުކުރަމުން ސައިޠާނާ ދުރައްދެއެވެ.(ހަދީސް)“
Namaadhah bangi govaalevijje nama, e adu neyhumah takai furagas faraathun vai beyru kuramun shaithaanaa dhurah dhe eve. (Hadhees)
— Ali Rameez (@aliramyz) August 26, 2022
Aharemenge thereinves bayakah mihen vaahen heevey.
ޢަލީ ރަމީޒު ވިދާޅުވެފައި އެވަނީ ތެދު ޙަޤީގަތެއްކަން މީގެ 1400 އަހަރު ކުރިއަށް ބަލައިލިޔަސް ވަރަށް ސާފުކޮށް އެކަން ފެންނަން އެބައޮތެވެ. މީގެ އެތައް އަހަރެއް ކުރިންވެސް ޤުރުއާނުގެ މޫރިތި އާޔަތްތަކުގެ އަދު އިވުމުން އަބޫޖަހުލުމެން ފަދަ މީސްމީހުންނަށް ވަނީ އިންތިހާއަށް އުނދަގޫވެ އެ އަޑައި ދުރަށް ޖެހިފަ އެވެ.
އިސްލާމިކް މިނިސްޓްރީން ހާމަކުރެއްވި ގޮތުގައި ބައެއް މިސްކިތްތަކުގައި ބަންގި ގޮވާއިރު ދުރައް އަޑުފޮނުވުމަށް ހަރުކޮށްފައި ހުންނަ ލައުޑް ސްޕީކަރު ކަނޑާނުލައި ނަމާދުކުރާތީ މިސްކިތް ހުންނަ ސަރަހައްދަށް ވަރަށް ބާރަށް އަޑު ހުންނަ ކަމުގައެވެ.
އުސް ޢިމާރާތްތައް ހުންނައިރު ލައުޑް ސްޕީކަރު ހުންނަނީ ސީދާ އެފަދަ ޢިމާރާތްތަކާ ދިމާއަށްކަމަށްވާތީ އެ ސަރަހައްދުތަކުގައި މީހުން އުޅޭ ގޭގެއިން އެކަމުގެ ޝަކުވާކުރާ ކަމަށާއި، އަދި ނަމާދުކުރާ ގަޑިތަކުގައި ބޭރަށް އަޑުނުއިވޭ ގޮތް ހަދަން އެންގީ ޝަކުވާލިބޭ ސަރަހައްދުތަކުގައި ހުންނަ މިސްކިތްތަކުގެ އިމާމުންނަށް ކަމަށްވެސ އެމިނިސްޓްރީން ހާމަކުރައްވަ އެވެ.









