Search Streamline Icon: https://streamlinehq.com

އަންނަ ހޯމަ ދުވަހު މާލޭގައި މިނީބަހުގެ ޚިދުމަތް ފަށަނީ

Minibus fenvaru online

އަންނަ ހޯމަދުވަހު މާލޭގައި މިނީ ބަހުގެ ޚިދުމަތްދޭން އާއްމުކޮށް ފައްޓަވާނެކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީން ހާމަކުރައްވައިފިއެވެ.

އެމްޓީސީސީއިން ހާމަކުރެއްވި ގޮތުގައި މިމަހުގެ 5 ވާ ހޯމަ ދުވަހު މިނީ ބަހުގެ ދަތުރުތައް ފެށުމަށް އެކުންފުނިން ވަނީ ތައްޔާރުވެފައެވެ. އަދި މިނީބަހުގެ ޚިދުމަތްދޭން ފައްޓާ ފުރަތަމަ ދެ ހަފްތާގައި މިނީ ބަހުގައި ދަރުކުރައްވާ އެއްވެސް މީހަކު އަތުން ދަތުރުތަކަށް އަގެއް ނުނަގާނެއެވެ.

ނަމަވެސް އޭގެ ފަހުން ދަތުރަކަށް 07 ރުފިޔާ ނެގުމަށް ހަމަޖެހިފައިވާކަމަށް ސަރުކާރުން ވަނީ ކަނޑައަޅުއްވާފައެވެ. ނަމަވެސް ބަހުގެ މިނީބަހުގެ ޚިދުމަތް ހޯއްދަވާ ކަސްޓަމަރުންގެ ތެރެއިން ޢުމުރުން 03 އަހަރުން ދަށުގެ ކުދިންނާއި، ޢުމުރުން ދުވަސްވީ މީހުންނާއި، ސްކޫލް ކުދިން ޔުނީފޯމްގައިހުރެގެން ކުރާ ދަތުރުތައް ހިލޭ ކުރެވޭނެ ކަމަށްވެސް އެ ކުންފުނިން ހާމަކުރައްވަ އެވެ.

މާލޭގައި މިނީ ބަހުގެ ޚިދުމަތް ފެށުމުގެ ގޮތުން ބޮޑެތި ތައްޔާރީތަކެއް، އެމްޓީސީސީންނާއި، ޕްލޭނިންގ މިނިސްޓްރީގެ އިތުރުން، މާލެ ސިޓީ ކައުންސިލުންވެސް ވަނީ ވެފައެވެ. އެގޮތުން މާލޭގައި ފަސޭހަކަމާއެކު ބަސް ދުއްވޭނެ އިންތިޒާމްވެސް ވަނީ ހަމަޖައްސަވާފައެވެ.

މިނީ ބަސްތަކަކީ 20 މީހުންގެ ޖާގައިގެ ބަސްތަކެކެވެ. 18 ބަހުގެ ތެރެއިން 8 ބަހަކީ، ފުރޮޅުލީ ގޮނޑީގައި އުޅޭ މީހުންނަށްވެސް ފަސޭހައިން ބޭނުންކުރެވޭނެ ބަސްތަކެކެވެ. ބަހުގެ ޖާގައަކީ 20މީހުން ނަމަވެސް، ކޮންމެ ބަހެއްގައި ކޮޅަށް ތިބެވޭގޮތަށް އިތުރަށް 10 ހޭންޑަލް ލާފަ ހުރެއެވެ.

މިނީބަހުގެ ދަތުރު މައިިގަނޑު 3 ރޫޓަކުން ބާއްވާނެއެވެ. އެއީ ސޯސަން ރޫޓް، އަމީނީ ރޫޓް އަދި އޯކިޑް ރޫޓްއެވެ. ސޯސަން ރޫޓްގައި 8 ސަރަޙައްދަކަށް ބަސް މަޑުކުރާނެއެވެ. އަމީނީ ރޫޓް އަދި އޯކިޑް ރޫޓްގައި 18 ސަރަޙައްދަކަށް ބަސް މަޑުކުރާނެކަމަށްވެސް އެކުންފުނިން ހާމަކުރައްވައެވެ.

އެމްޓީސީސީން ހާމަކުރެއްވި ގޮތުގައި މާލޭގައި މިނީބަހުގެ ދަތުރުތައް އޮންނާނީ ފަތިހު 5:45އިން ފެށިގެން، ދަންވަރު 12:15އާއި ހަމައަށެވެ. އަދި ކޮންމެ 10 މިނެޓަކުން ސްޓޮޕަކަށް ބަސް މަޑުކުރާނެ ކަމަށް ވެސް އެމްޓީސީސީން ހާމަކުރައްވަ އެވެ.

މާލޭގައި މިނީބަހުގެ ޚިދުމަތް އަންނަ ހޯމަދުވަހު ފެށުމަށް ހަމަޖެހިފައި ވީނަމަވެސް ރާއްޖޭގެ ބައެއް ސަރަހައްދުގައި މިނީބަހުގެ ޚިދުމަތް މިހާރުވެސް އަންނަނީ ދެމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *