Search Streamline Icon: https://streamlinehq.com

ތިން ވަނަ ވިއަވަތި ކޮންފަރެންސް ލ. ގަމަށް

Laamu Gan

މި އަހަރުގެ 2 ވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސް މިހިނގާ ސެޕްޓެންބަރު 10 ން 12 އަށް ލ. ގަމުގައި ކުރިއަށްގެންދިއުމަށް ސަރުކާރުން ނިންމަވައިފިއެވެ.

ވިއަވަތި ރާއްޖެ އަކީ އަލަށް އިންތިޚާބުކުރި ކައުންސިލްތަކާއި، އ.ތ.މ ކޮމިޓީތަކާއެކު ރައީސުލްޖުމްހޫރިއްޔާ ބާއްވަމުން ގެންދަވާ ސިލްސިލާ މަޝްވަރާ ބައްދަލުވުންތަކެކެވެ. ރައީސް އޮފީހުން ހާމަކުރެއްވިގޮތުގައި،  މި ކޮންފަރެންސްގައި ބައިވެރިވާނީ ރާއްޖޭގެ ދެކުނުގެ އަތޮޅުތައްކަމުގައިވާ ދ، ތ، ލ، ގއ، ގދ، އަތޮޅާއި ފުވައްމުލައް ސިޓީގެ އިތުރުން އައްޑޫ ސިޓީގެ މޭޔަރުނާއި އަތޮޅު އަދި ރަށު ކައުންސިލްތަކުގެ ރައީސުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންނެވެ.

ރައީސް އޮފީހުން ހާމަކުރެއްވިގޮތުގައި މޭޔަރުންނާއި ކައުންސިލްތަކުގެ ރައީސުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންގެ އިތުރުން ކެބިނެޓް މިނިސްޓަރުންނާއި، ސަރުކާރު މުއައްސަސާތަކުގެ އިސްވެރިންނާއި، ޓެކްނިކަލް މުވައްޒަފުން ހިމެނޭހެން 250 އަށްވުރެ ގިނަ ބައިވެރިން މިފަހަރުގެ ވިއަވަތި ކޮންފަރެންސްގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.

ލ.ގަމުގައިބާއްވާ މި ކޮންފަރެންސްގައި މަޝްވަރާކޮށް ޚިޔާލު ބަދަލުކުރުމަށް ހަމަޖެހިފައިވަނީ މައިގަނޑު 4 ދާއިރާއަކަށްކަމަށާއި، އެއީ، ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުވުން، ބިނާވެށި ޕްލޭން އެކުލަވާލުން، މިންތީގެ ހަމަހަމަކަން އަދި ވިލުންވެރި މުޖްތަމައުއެއް ބިނާކުރުންކަމަށްވެސް ރައީސް އޮފީހުން ހާމަކުރައްވައެވެ.

ރައީސް އޮފީހުން ހާމަކުރެއްވި ގޮތުގައި ކުރީ ފަހަރެކޭވެސް އެއްގޮތަށް މިފަހަރުގެ މި ކޮންފަރެންސްގެ ބައިވެރިންނާއެކުގައި ގުޅުންބަދަހިކުރުމުގެ ގޮތުން ސްޕޯޓްސް ފެސްޓިވަލްއެއް 10 ސެޕްޓެމްބަރ ވާ ހޮނިހިރު ދުވަހުގެ ހަވީރު، ލ. ގަމުގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

ވިއަވަތީގެ ފުރަތަމަ ކޮންފަރެންސް ބޭއްވީ ކްރޮސްރޯޑުގައެވެ. އެއީ ލާމަރުކަޒީ ޤާނޫނަށް ގެނައި އިޞްލާޚްތައް ތަސްދީޤްކުރުމަށްޓަކައެވެ. ދެވަނަ ކޮންފަރެންސް ބާއްވާފައިވަނީ މެދު ރާއްޖެތެރެއަށް ޚާއްޞަކޮށްގެން އއ.އުކުޅަހުގައެވެ.

Leave a Reply

Your email address will not be published. Required fields are marked *