Search Streamline Icon: https://streamlinehq.com

ކޮވިޑް-19: ވެކްސިންގެ 4 ވަނަ ޑޯޒް މިއަދު ދޭން ފަށައިފި

Fenvaru online Covid 19 Vaccin

ކޮވިޑް-19އާއި ގުޅިގެން ދެމުން ގެންދަވާ ވެކްސިންގެ 4 ވަނަ ޑޯޒް މިއަދުން ފެށިގެން ދޭން ފަށްޓަވާފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކުރައްވައިފި އެވެ.

އެޗްޕީއޭއިން މަޢުލޫމާތު ދެއްވިގޮތުގައި ކޮވިޑް-19 ވެކްސިންގެ 4 ވަނަ ޑޯޒް ޖަހާނީ ކޮވިޑް-19 ގެ ފުރަތަމަ ބޫސްޓަރ) 3 ވަނަ ޑޯޒް( ޖެހިފަހުން 4 މަސް ދުވަސް ފުރިހަމަވެފައިވާ ފަރާތްތަކަށެވެ. އަދި 4 ވަނަ ޑޯޒްގެ ގޮތުގައި ޖެހުމަށް ހަމަޖެހިފައިވަނީ ފައިޒަރ ވެކްސިން ކަމަށްވެސް އެޗްޕީއޭއިން މަޢޫލޫމާތު ދެއްވަ އެވެ.

މާލެ ސަރަހައްދުގައި ވެކްސިން ޖެހުމަށް ހަމަޖެހިފައިވަނީ އެޕޮއިންޓްމެންޓް އުސޫލުންނެވެ. ނަމަވެސް އަތޮޅުތެރޭގައި ވެކްސިންޖެހުމުގެ އިންތިޒާމު ހަމަޖެހިފައިވާގޮތް އެރަށެއްގެ ހޮސްޕިޓަލުން ނުވަތަ ޞިއްޙީ މަރުކަޒުން އާއްމު ކުރައްވާނެކަމަށްވެސް އެޗްޕީއޭއިން ހާމަކުރައްވައެވެ.

އެޗްޕީއޭއިން ހާމަކުރައްވާ ގޮތުގައި 8 ސެޕްޓެމްބަރ 2022 ވަނަ ދުވަހުން ފެށިގެން ކޮވިޑް-19 ވެކްސިންގެ 4 ވަނަ ޑޯޒް، ޢުމުރުން 18 އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް ޖެހުމަށް ވަނީ ހަމަޖެހިފައެވެ.

އެޗްޕީއޭއިން މަޢުލޫމާތުދެއްވި ގޮތުގައި 12 އަހަރުން މަތީގެ މީހުންގެ ތެރެއިން ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒް އާއި ދެވަނަ ޑޯޒް މިހާތަނަށް ފުރިހަމަ ނުކުރައްވާ ތިއްބެވި ފަރާތްތަކަށްވެސް ވެކްސިން ސެންޓަރ ތަކުން ވެކްސިން ދިނުމުގެ އިންތިޒާމް ހަމަޖެހިފައެވެ.

އެންމެންގެ ރައްކާތެރިކަމަށް ކޮވިޑް-19 ވެކްސިންގެ ޑޯޒުތައް ފުރިހަމަކުރެއްވުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކުރައްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *