Search Streamline Icon: https://streamlinehq.com

ސާދަ ރަށެއްގެ މަގުބައްތި ބެލެހެއްޓުން ސްޓެއްކޯއާއި ޙަވާލުކޮށްފި

Stelco maldives fenvaru online

އަރިއަތޮޅު އުތުރުބުއާއި ދެކުނުބުރީގެ ސާދަރަށެއްގެ މަގު ބައްތިތައް ބެހެލެއްޓުން ސްޓެލްކޯއާއި ހަވާލުކުރައްވައިފި އެވެ.

މިކަމަށްޓަކައި ސްޓެލްކޯގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި އެކުންފުނިންވަނީ އަރިއަތޮޅު އުތުރުބުރީ ފަސް ރަށަކާއި އަރިއަތޮޅު ދެކުނުބުރީގެ ނުވަ ރަށެއްގެ ކައުންސިލާއެކު މިކަމުގެ އެއްބަސްވުމުގައި ސޮއިކުރަށްވާފަ އެވެ.

މި އެއްބަސްވުމުގެދަށުން އަރިއަތޮޅު އުތުރުބުރި މަތިވެރިއާއި، ބޮޑުފޮޅުދޫއާއި ފެރިދޫގެ އިތުރުން މާޅޮހާއި ހިމަންދޫ ކައުންސިލުންވެސް ވަނީ ސްޓެލްކޯއާއެކު މި އެއްބަސްވުމުގައި ސޮއިކުރައްވާފަ އެވެ. އަދި އަރި ދެކުނުބުރި ހަންޏާމީދޫ، އޮމަދޫ، ކުނބުރުދޫ، މަހިބަދޫ، މަންދޫ، ދަނގެތި، ދިގުރަށް، ދިއްދޫގެ އިތުރުން ފެންފުށި ކައުންސިލުންވެސް ވަނީ ސްޓެލްކޯއާއެކު މި އެއްބަސްވުމުގައި ސޮއިކުރައްވާފަ އެވެ. 

އަރިއަތޮޅުގެ 14 ރަށެއްގެ މަގުބައްތި ބެލެހެއްޓުމުގެ މަސައްކަތް ސްޓެލްކޯއާއި ޙަވާލުކުރައްވާފައި މިވަނީ ބައްތިތައް މަރާމާތުކޮށް ބެލެހެއްޓުމާއި އެކަމުގެ ޚަރަދުތައްވެސް ސްޓެލްކޯއިން ބަލަހައްޓަގޮތަށެވެ.

ސްޓެލްކޯގެ އިޖުތިމާއީ ޒިންމާގެ ދަށުން، އއ. އަތޮޅުގައި އެ ކުންފުނިން ކަރަންޓުގެ ޚިދުމަތް ދޭ ރަށްރަށުގެ ތެރެއިން ރަސްދޫއާއި އުކުޅަސް އަދި ތޮއްޑޫގެ މަގުބައްތިތައް މަރާމާރުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކޮށްދިނުމަށް ސްޓެއްކޯއިން ވަނީ ނިމިދިޔަ އޯގަސްޓްމަހުގެ ތެރޭގައި އެއްބަސް ވުމެއްގައި ސޮއިކުރައްވާފަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *